ޖޭއެސްސީ

ބަންދު މަޖިލީހުގެ އުސޫލެއް އެކުލަވާލަނީ

ބަންދު މުއްދަތު ޖަހާ މަޖިލިސް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފި އެވެ.

އެ ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގައި ބާއްވާ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލާއި އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ހާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގޮތާއި ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކު ރުމުގައި އަމަލުކުރާ ގޮތުގެ އުސޫލާ ގުޅޭ މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ 80 ވަނަ ބައްދަލްވުމުގައެވެ.