ޓޫރިޒަމް

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުުރުވެރިން ރާއްޖެ އައީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ވިދާޅުވީ މިއަދު އެކަނިވެސް 1،582 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއީ ރެކޯޑެކެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އޮކްޓޫބަރު މަހަށް ސަރުކާރުން އަމާޒުކުރި އަދަދަށް ފަތުރުވެރިން އައިސްފައިވާކަންވެސް ފާހަގަ ކުރައްވާފައެވެ. އެ މަހު 21،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައެވެ. މިނިސްޓަރު ވަނީ ދާއިރާގެ އެންމެންނަށް ޝުކުރާ މަރުހަބާ ދަންނަވާފައެވެ.

ކޮވިޑް-19 އަށްފަހު ބޯޑަރު ބަންދު ކުރުމަށްފަހު މާޗް 15 ގައި ހުޅުވާލުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މިހާރު ދުނިޔޭގެ މަޝްހޫރު ޓްރެވަލް މަންޒިލްތަކުގެ ތެރެއިން ބޯޑަރު ހުޅުވާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެހެންވެ ގިނަ އެއާލައިންތަކުން ދަނީ ރާއްޖެ އަށް ދަތުރު ފަށަމުންނެވެ. މިހާތަނަށް މަޝްހޫރު ގިނަ އެއާލައިން ތަކުން ވަނީ ދަތުރު ފަށާފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސް ވެސް ހިމެނެ އެވެ.