ހަބަރު

ގެއްލިގެން ހޯދި މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ. އޭނާ މިއަދު ހެނދުނު 8:45ގައި އަމިއްލަޔަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ޝިރުމީނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:45 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ޝިރުމީނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.