ޓޫރިޒަމް

ބޯޑަރު ހުޅުވިފަހުން ވީއައިއޭއަށް ފްލައިޓް މޫވްމެންޓުގެ ރެކޯޑެއް

Nov 3, 2020
1

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރެކޯޑް އަދަދަކަށް އިއްޔެ ފްލައިޓް މޫވްމެންޓް ހަދައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިއަދު ވީއައިއޭގައި 227 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 62 ރަންވޭ މޫވްމެންޓް އާއި 158 ސީޕްލޭމް މޫވްމެންޓް އެވެ. މިއީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ވީއައިއޭގައި ފްލައިޓް މޫވްމެންޓް އެންމެ މަތިވި ދުވަހެވެ.

ފްލައިޓް މޫވްމެންޓް ވީއައިއޭގައި ހައި ވެގެން ދިޔައިރު، އިއްޔެއަކީ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ. އިއްޔެ އެކަނި 1،500 މީހުން އައިސްފައިވެ އެވެ. މިއާއެކު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަަދަދު މިހާރު ވަނީ 41،766 ޓޫރިސްޓުން އައިސްފަ އެވެ.