ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސްތަކުގެ 12،10 އެނދު އޮޕަރޭޝަނަށް

އަލުން ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވި ފަހުން މިހާތަނަށް ގެސްޓްހައުސްތަކުގެ 1،210 އެނދު އޮޕަރޭޝަނަށް ގެނެސް، ހިދުމަތް ދޭން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލުމުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން އެނދު ހުރީ .ކ. މާފުށީގަ އެވެ. އެ ރަށަށް އެއްވަނަ ދުވަހުގެ ނިޔަލަށް 548 އެނދު އެބަހުއްޓެވެ.

ގެސްޓްހައުސްތަކަށް ހުއްދަ ދިނުމާއެކު މިހާތަނަށް 13 ރަށެއްގެ 49 ގެސްޓްހައުުސްއެއް ދަނީ ހިންގަމުންނެވެ.

ގިނައިން އެނދު ހުރި ރަށްރަށް

  • ކ. މާފުށި: 548 ޓޫރިސްޓުން
  • ކ. ހުރާ: 138 ޓޫރިސްޓުން
  • އއ. ތޮއްޑޫ: 112 ޓޫރިސްޓުން
  • ވ. ތިނަދޫ: 96 ޓޫރިސްޓުން
  • އއ. އުކުޅަސް: 88 ޓޫރިސްޓުން
  • ވ. ފުލިދޫ: 48 ޓޫރިސްޓުން
  • ކ. ގުރައިދޫ: 38 ޓޫރިސްޓުން
  • އއ. މަތިވެރި: 34 ޓޫރިސްޓުން
  • ނ،. ފޮއްދޫ: 24 ޓޫރިސްޓުން
  • ކ. ހިމަފުށި: 24 ޓޫރިސްޓުން
  • ސ. ފޭދޫ: 22 ޓޫރިސްޓުން
  • ސ. މަރަދޫ ފޭދޫ: 14 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެއްވަނަ ދުވަހުގެ ނިޔަލަށް 41،766 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއާއެކު މި އަހަރު އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 424،613 އަށް ވަނީ އަރާފަ އެވެ.