މައުރީޝިއޯ ޕޮޗެޓީނޯ

ސްޕާސްގައި މޮރީނިއޯގެ މަސައްކަތައް ޕޮޗެޓިނޯ ތާއީދު

ޓޮޓެންހަމް ހޮޓްސްޕާސްގައި، ހޯޒޭ މޮރީނިއޯ ކުރަމުންދާ މަސައްކަތައް، ސްޕާސްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ތާއީދު ކުރާކަން ހާމަ ކޮށްފި އެވެ.

މިދިޔަ ސީޒަންގައި ސްޕާސްއާ އެކު ރަނގަޅު ނަތީޖާތަކެއް ނުލިބުމުން، ޕޮޗެޓިނޯ މަގާމުން ވަކި ކުރީ ނޮވެމްބަރު މަހު އެވެ. އޭނާ މަގާމުން ވަކި ކުރުމަށް ފަހު މަގާމަށް ހަމަޖެއްސީ މޮރީނިއޯ އެވެ. ޕޮޗެޓިނޯ ބުނީ ސްޕާސްގައި މޮރީނިއޯ ތަށިތަކެއް ހޯދޭނެ ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ ކުރިމަގުގައި ހޯޒޭ [މޮރީނިއޯ] އާއެކު އެ ޓީމަށް ތަށިތަކެއް ލިބޭނެ ކަމަށް،" ޕޮޗެޓިނޯ ބުންޏެވެ. "އެއީ އެ ޓީމުގެ ސަޕޯޓަރުންނަށާއި އެތިބަ ކުޅުންތެރިންނަށް ވަރަށް ބޮޑު ކަމަކަށް ވާނެ."

ޕޮޗެޓިނޯ ބުނީ މިދިޔަ ސީޒަނަކީ ސްޕާސްގެ ޓީމު އެހެން ހަރުފަތަކަށް ގެންދަން ލިބުނު ފުރުސަތެއް ކަމަށާއި އެ މަސައްކަތަށް ހިޔަނި އެޅުނީ ސްޕާސް ސްޓޭޑިއަމް އިމާރާތް ކުރުމަށް ކުރަން ޖެހުމުން ކަމަށެވެ. އޭނާ ބުނީ ސްޕާސްގެ މިހާރުގެ ސްޓޭޑިއަމްއަކީ ޔޫރަޕްގައި ހުރި އެންމެ ހިތްގައިމު ސްޓޭޑިއަމް ކަމަށެވެ.

"އަހަންނަށް ހީވަނީ ތިން ވަނަ ސީޒަންގައި 2016-17 ގައި އަހަރެމެން ދެ ވަނައިގައި ނިންމާލީ އޭގެ ފަހުން އަހަރެމެން ސްޓޭޑިއަމް އިމަރާތް ކުރަން ވެގެން ވެމްބްލީއަށް ބަދަލުވީ،" ޕޮޗެޓިނޯ ވާހަކަ ދެއްކި އެވެ. "އެ ސީޒަނަކީ ލީގްގެ 17 މެޗުން އަހަރެމެން މޮޅުވެ އަދި ދެ މެޗުން އެއްވަރުވި ސީޒަން. ޓީމު ރަނގަޅު މަސައްކަތެއް ކުރި އެ ސީޒަނަކީ އަހަރެމެން ސްޓޭޑިއަމް ދޫކޮށް ވެމްބްލީއަށް ބަދަލުވި ސީޒަން."

އާޖެންޓިނާގެ ކޯޗް ބުނީ، ސްޕާސްގެ ސަޕޯޓަރުންނަކީ ވައިޓް ހާޓް ލޭން ސްތޭޑިއަމްއަށް ދިއުމަށް ލޯބި ކުރާ ބައެއް ކަމަށާއި ނަމަވެސް ވެމްބްލީއަށް ބަދަލު ވާން ޖެހުމުން ޓީމަށްވެސް އުނދަގޫތަކެއް ހުރި ކަމަށެވެ.