ވިޔަފާރި

އޭޑީބީ އާއި ވޯލްޑް ބޭންކުން އިންތިޒާމު ކުރި ބައްދަލުވުމެއްގައި ޖަނާ ބައިވެރިވެއްޖެ

Nov 3, 2020
1

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކް އިން އިންތިޒާމު ކުރި ހައި ލެވަލްގެ ބައްދަލުވުމެއްގައި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ރައީސް މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގެންފި އެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެގެން ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި، ފައިނޭންސް ދާއިރާގެ ގިނަ އިންސްޓިޓިއުޓްތަކާއި ބޭންކުތަކުން ވެސް ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ފިޑިކް އާއި ސައިސީއޭ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ މެންބަރު ގައުމުތަކުގެ އެންމެ ބޮޑެތި ކޮންޓްރެކްޓަރުން ވެސް ހިމެނެ އެވެ.

ރާއްޖޭން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަމައެކަނި މުހައްމަދު އަލީ ޖަނާހު އެވެ. ޖަނާހު އަކީ އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ ގިނަ ކޮންޓްރެކްޓަރުން ހިމެނިވަޑައިގަންނަވާ އިފޮޕްކާގެ މި ދައުރުގެ ރައީސް އެވެ. ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ކުރިން މި ޖަމިއްޔާގެ 20 ގައުމަށް ޒިޔާރަތް ކުރައްވާފަ އެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާ ތަމްސީލް ކުރުމުގެ ގޮތުން، ޖަނާހު ވަނީ މީގެ އިތުރުން ދާދި ފަހުން ވޯލްޑް އެސޯސިއޭޝަން ފޯ މީޑިއަމް އެންޓަޕްރައިސަސް- ބަންގްލަދޭޝްގެ ބައްދަލުވުމެއްގައި ބައިވެރި ތަގުރީރު ކުރައްވާފައިވެ އެވެ. މި ބައްދަލުވުމުގައި ބަންގްލަދޭޝަންގެ އިންޑަސްޓްރީ މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.