ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ވެލެންސިއާގެ ޖޮއެފްރީ ކޮންޑޯގްބިއާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.
ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ކުޅުންތެރިޔަކު ސޮއި ކުރުމުގެ ހުއްދަ އެތުލެޓިކޯއަށް ލިބުނީ، އާސެނަލްއިން ގެންދިޔަ އެތުލެޓިކޯގެ ތޯމަސް ޕާޓޭގެ ޓްރާންސްފާ ފީ ދެއްކުން ލަސްވުމުންނެވެ. އާސެނަލްއިން ޓްރާންސްފާގެ ފީ އެތުލެޓިކޯއަށް ދިނީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު އެވެ.
ވެލެންސިއާ ދޫކޮށް ކޮންޑާބިއާ އެތުލެޓިކޯއަށް ބަދަލުވީ 15 މިލިއަން ޔޫރޯ އަށެވެ. ކޮންޑާބިއާ، 27 އާއެކު އެތުލެޓިކޯއިން ވަނީ ޖޫން 2024 އާ ހަމައަށް ކޮންޓްރެކްޓް ހަދާފަ އެވެ. އެތުލެޓީކޯއިން ވަނީ ޕާޓޭގެ ރިޕްލޭސްމަންޓެއް ހޯދުމަށް ލެވަންޓޭގެ ހޯޒޭ ކަމްޕާނާ، ރެއާލް ބެޓިސްގެ ގުއިޑޯ ރޮޑްރިގޭޒް އަދި ރެއާލް ސޮސިއެޑާޑްގެ މިކެލް މެރީނޯ ސްކައުޓް ކޮށްފަ އެވެ. އެހެންނަމަވެސް އެ ކުލަބުން ބޭނުންވާ ކަންކަމަށް ފެތޭ ކުޅުންތެރިޔަކަށްވީ ސެންޓަރަލް އެފްރިކާއަށް ނިސްބަތްވާ ކޮންޑާގްބިއާ އެވެ.
އެތުލެޓިކޯގެ މިޑްފީލްޑްގައި އޭނާ އާއެކު ކޮމްބައިން ވާނެ ކުޅުންތެރިންނަކީ، ކެޕްޓަން ކޯކޭ، ސައުލް ނިގޭޒް، މާކޯސް ޔޮރެންޓޭ، ހެކްޓާ ހެރެއިރާ އަދި ލޫކަސް ޓޮރިއޭރޯ އެވެ.