ހަބަރު

މަންޓާ އެއާގެ އިތުރު ސީޕްލޭނެއް ރާއްޖެއަށް

ސީޕްލޭންގެ ހިދުމަތް އެންމެ ފަހުން ނުކުތް، މަންޓާ އެއާއިން އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފި އެވެ.

މަންޓާ އެެއާ އިން ބުނި ގޮތުގައި އަލަށް ގެނައި ސީޕްލޭން ބޭނުން ކުރާނީ ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ، ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލާށެވެ. މިއީ މަންޓާ އެއާގެ އުދުހުންތަކުގައި ބޭނުން ކުރަން ރާއްޖެ ގެނައި ހަތް ވަނަ ސީޕްލޭނެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ބޯޓުތައް ގެންނަ ކެނެޑާއިން ފުރައިގެން ހަތް ދުވަހުގެ ދަތުރަކަށް ފަހު މި ސީޕްލޭން ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް އެންމެ ފަހުން ނުކުތް މަންޓާ އެއާއިން މިހާރު ސީޕްލޭންގެ ހަތް ބޯޓު ބޭނުން ކުރެ އެވެ. މި ބޯޓުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު ވެސް ބޭނުން ކުރެ އެވެ.