މަންތާ އެއާ

މަންޓާ އެއާއަށް 12 ސީޕްލޭން ހޯދަނީ

މަންޓާ އެއާއަށް 12 ސީޕްލޭން ހޯދުމަށް އެ އެއާލައިނުން އިއުލާނުކޮށްފި އެވެ.

ބޯޓުތައް ވިއްކާނެ ނުވަތަ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އެއާލައިނުން އިއުލާނު ކުރީ މިއަދު އެވެ. މަންޓާ އެއާއަށް ހޯދަނީ ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެކެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މަންޓާ އެއާގެ ވައިގެ ދަތުރުތައް ފެށީ ފެބްރުއަރީ 24، 2019ގަ އެވެ. އެ އެއާލައިންގެ ފުރަތަމަ އޭޓީއާރް މަރުކާގެ ފްލައިޓް ރާއްޖެ ގެނައީ ނޮވެމްބަރު 12، 2018ގަ އެވެ. މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށީ ނޮވެމްބަރު 17، 2019ގަ އެވެ.

އެ އެއާލައިނުން ދަނީ ރާއްޖޭގެ ތިން އެއާޕޯޓެއްގެ އިތުރުން ސީޕްލޭން ދަތުރުތައް ކުރަމުންނެވެ.