ދިރާސީ އާއަހަރު ދަރިވަރުން ބަދަލުވާ ސްކޫލުތަކުގެ މައުލޫމާތު މިހާރު އެއްކުރެވިފައި ކަމަށާއި އަންނަ ހަފްތާގައި ކުދިން ބަދަލުވަނީ ކޮން ސްކޫލަކަށް ކަން އިއުލާން ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެމިނިސްޓްރީއިން މީގެ ކުރީ އަހަރުތަކުގައި ޕްރީ ސްކޫލު ތަކުން ގްރޭޑް އެކަކަށް ބަދަލުވާ ކުދިންނާއި ގްރޭޑު ހަތެއް ނިންމާ އަށަކަށް ބަދަލުވާކުދިން، ބަދަލުވަނީ ކޮން ސްކޫލަކަށް ކަން އަންގަނީ އެމިނިސްޓްރީ އިން އިއުލާން ކުރާނީ ނުވެމްބަރުމަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް އެއްގައި ވާހަކަދައްކަމުން ޝިހާމް ވިދާޅުވީ މިދިޔަ މަހު ޕްރީސް ކޫލްތަކުން ގްރޭޑް އެކަކަށް ބަދަލުވާ ކުދިން މައުލޫމާތު ނަގައި ސްކޫލު ތަކުން ޖާގަހުރިވަރު ބަލާފައިވާނެ ކަމަށާއި ގްރޭޑް ހަތެއް ނިންމާ އަށަކަށް ބަދަލުވާ އޮރިއެންޓޭޝަން ޓެސްޓުތަށް ހަދައި ބަދަލުވާ ސްކޫލު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮށްފައިވާނެ ކަމަށެވެ. އޮގޮތުން އަންނަ ހަފްތާގައި ދަރިވަރުން ބަދަލުވާނީ ކޮން ސްކޫލު ތަކެއްކަން ބެލެނިވެރިންނަށް އަންގާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ.
"އަޅޫގަނޑުމެން ވާނީ ސެޕްޓެމްބަރު މަހުގައި ޕްރީސްކޫލުން އެކަކަށް ބަދަލުވަނީ ކިތަށް ކުދިންތޯ ބަލައި އެކުދިންނަށް އެހެންސް ސްކޫލު ތަކުން ޖާގަހުރިވަރުބަލައި މީގެ އިތުރުން ގްރޭޑު ހަތެއް ކުން އަށަކަށް ބަދަލުވާކުދިން ބޭނުންވާ އޮރިޔެންޓޭޝަން ޓެސްޓު ހަދައި މައުލޫމާތުތަށް އެއްކޮށްފައެވެ. އެހެންވެ ކުދިން ބަދަލުވާ ސްކޫލު ބެލެނިވެރިންނަށް އަންނަ ހަފަތާގައި އަންގާނަން،" ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިގެނައި ބަދަލުގެ ސަބަބުން ބެލެނިވެރިންނަށް ކުދިން ބަދަލުވާ ސްކޫލުތަށް ކުރިޔާލައި އިންގި އެގޮތުން ވާންޖެހޭ ތައްޔާރީތަށް ކުރަން ފަސޭހަ ވެގެން ދާނެ ކަމަށެވެ.
"ބޮޑޫބަނދަށް ޗުއްޓީއަށް ދާން ބޭނުންވާ ފަރާތް ތަކަށް ވެސް ކުރިޔާލައި ކުއްޖާ ބަދަލުވާ ސްކޫލު އިނގުމުން އެތަށް ހަމަޖެހިލާގެން ވާންޖެހޭ ތައްޔާރީތަށް ވެވޭނެ،" ޝިހާމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކުރާގޮތުގައި މިއަހަރު ޕްރީ ސްކޫލު ތަކުން ގްރޭޑު އެކަކަށް 2200 ކުދިން ބަދަލުވެއެވެ. އަދި ގްރޭޑު ހަތެއް ނިންމާ އަށަކަށް 1855 ދަރިވަރުން ބަދަލުވެއެވެ.