ހަބަރު

ބޮޑު ހިޔާނާތުގެ ޝަރީއަތް ލައިވް ކުރަން އެދެފި

Nov 9, 2020
1
ޕީޖީ ހުސައިން ޝަމީމް: ބޮޑު ހިޔާނާތާ ގުޅެ މައްސަލައިގެ ޝަރީއަތްތަށް ލައިވް ކުރަން އެދި ވަޑައިގެންނެވި
0%
0%
100%

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ޝަރީއަތްތައް ލައިވް ކޮށް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ޝަމީމް މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދަން އެދިވަޑައިގެން ކޯޓަށް ސިޓިއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެދިވަޑައިގަތީ ޝަރީއަތްތައް ދެފުށްފެންނަ ގޮތަށް ހިނގާކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ވަނީ ދައުވާތަކެއް އުފުލާފަ އެވެ. އޭގެ ބައެެއް ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ވަނީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އުފުލާފައި ވެއެވެ.

ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް މީގެ ކުރިން ވަނީ ލައިވް ކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފާއިޒް

ދެފުއް ފެންނަ ގިތައް ހިތު ހުރި ގޮތަކަށް ޝަރީއަތް ނިންމަނީ ހުކުމް ނެރެނީ ކެނޭރީގެއިން ލިޔަނީ ޢިބްރާހިމް ސޯލިހް..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345