ލަލީގާގެ ތާވަލުގައި ރެލިގޭޝަން ޒޯނަށް ވުރެ މަތީގައި އޮތް ނަމަވެސް ސެލްޓަވީގޯގެ ކޯޗް ކަމުން އޮސްކާ ގާސިއާ ވަކި ކޮށްފި އެވެ.
ސެރީ އޭގެ ފިއޮރެންޓީނާއިން ވެސް ވަނީ އެ ޓީމުގެ ކޯޗްގެ ކަމުގައި ހުރި ގްސްޕޭ އިއާކީނީ މަގާމުން ވަކި ކޮށްފަ އެވެ. އޭނާގެ ބަދަލުގައި ޗޭސަރޭ ޕްރޭންޑޭލީ ވަނީ މަގާމަށް ހަމަޖައްސާފަ އެވެ. ޕްރޭންޑޭލީ ވަނީ މީގެ ކުރިންވެސް ފިއޮރެންޓީނާއަށް ކޯޗް ކޮށްދީފަ އެވެ.
"އަހަރެން ޝުކުރު އަދާ ކުރަން ބޭނުން އިއާކީނީ އަށް މިދިޔަ ސީޒަންގައި އޭނާ ކޮށްދިން މަސައްކަތަށް މިދިޔަ ސީޒަންގައި ރަނގަޅު ނަތީޖާތަކާ ހަމައަށް އަހަރެމެން ގެންގޮސްދިން،" ލީގްގެ 12 ވަނައިގައި މިވަގތު އޮތް ފިއޮރެންޓީނާގެ ރައީސް ރޮކޯ ކޮމީސޯ ވިދާޅުވި އެވެ. "އެހެން ނަމަވެސް މިފަހުން ނެރުނު ނަތީޖާތަކުން ޓެކްޓިކަލް ބަދަލެއް ގެންނަން ޖެހޭ."
ކޮންމެ ސީޒަނެއްގައި ވެސް ސެލްޓަވީގޯގައި ކޯޗުން ވަކި ކުރުމަކީ ކުރަމުން އަންނަ ކަމެކެވެ. މިދިޔަ 13 ސީޒަންގައި ވެސް އެ ޓީމުން ވަނީ ކޯޗުން ވަކި ކޮށްފަ އެވެ. މެކްސިކޯއަށް ނިސްބަތްވާ، ކާލޯސް މޮރީނޯ 14 އަހަރު ކުރިން ކުލަބު ހިންގުމާ ހަވާލު ވި ފަހުން އޭނާ ވަނީ 16 ކޯޗުން ވަކި ކޮށްފަ އެވެ.
މިދިޔަ ސީޒަންގައި އޮސްކާ ގާސިއާ ސެލްޓަ އާ ހަވާލުވީ ޓީމު ރެލިގޭޝަން ޒޯންގައި އޮއްވަ އެވެ. އޭނާ ހަވާލުވެ ސިޒަންގެ ފަހު ކޮޅުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކޮށް ޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިނެވެ. މިދިޔަ ސީޒަންގައި އޭނާ ކުރި މަސައްކަތް ކަމު ދިއުމުން ދެ އަހަރުގެ އެއްބަސްވުމެއް އޭނާ އަށް ދިނެވެ.
ޓީމު ރެލިގޭޝަން ޒޯނަށް ވުރެ މަތީގައި އޮތް ނަމަވެސް އަދި އެންމެ ފަހުން އެލްޗޭ އާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ޕޮޒިޓިވް ގިނަ ކަންކަމެއް ފާހަގަ ކުރެވުނަސް އަދި ޓީމުގެ ސްކޮޑުގެ ލޯބި އޭނާއަށް ލިބިފައި ވީނަމަވެސް އޭނާ ކޯޗް ކަމުން ވަކި ކުރީ ސީޒަން ފެށުނު އިރު ނަތީިޖާތައް ރަނގަޅު ނުވުމުންނެވެ.