ވިޔަފާރި

ޕްރިވިލެޖްޑް އިން ވިޔަފާރިތަކާއި ފަންނާނުންނަށް ފުރުސަތެއް

ރާއްޖޭގެ އެންމެ ބޮޑު ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ޕްރިވިލެޖްޑް މޯލްޑިވްސް އިން ގިނަ ވިޔަފާރިތަކާ އެކު ރާއްޖޭގެ ފަންނާނުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

ޒަމާނީ ގިނަ ފަސޭހަތަކަކާ އެކު އަދި ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ޕްރިވިލެޖްޑް މޯލްޑިވްސްގެ ވެބްސައިޓް ލޯންޗުކުރީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ޕްރިވިލެޖްޑް މޯލްޑިވްސްގެ މެމްބަރުންނަށް ވެބްސައިޓުގައި ހިމަނާލެވިފައިވާ ކެޓަގަރީތަކުގެ ތެރެއިން ޕްރިވިލެޖްޑް ޕާރޓްނާޝިޕް ހަދާފައިވާ ވިޔަފާރިތަކުން ފަސް ޕަސެންޓާއި ފަންސާސް ޕަސެންޓް އާއި ދެމެދުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް އިންތިޒާމުކޮށްގެން ތައާރަފް ކުރެވިފައިވާ ވެބްސައިޓެކެވެ.

‎ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ މި ޕްލެޓްފޯމް ޑިޒައިންކޮށް ބައްޓަން ކުރެވިފައި ވަނީ ޕްރިވިލެޖްޑް މެމްބަރުންނަށް ކާޑު މެދުވެރިކޮށް އަގުހެޔޮކޮށް ވިޔަފާރިތަކެއް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. އަދި ޕާޓްނަރުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ކަސްޓަމަރުންނާ ވީހާ ވެސް ގާތް ގުޅުމެއް އުފެއްދޭ ގޮތަށް ކަމަށެވެ.

‎"ޕްރިވިލެޖްޑް މޯލްޑިވްސްގެ ޕްލެޓްފޯމް 10 އޮކްޓޯބަރު ގައި ލޯންޗް ކުރުމާ އެކު ގޯލްޑް ކާޑުގެ ފުރަތަމަ އެޑިޝަންގެ ކާޑުތައް ދޫކުރެވުނީ އެއްވެސް އަގަކާ ނުލާ. އެންމެ ކުރިން ރެޖިސްޓާ ކުރި ފަރާތްތަކަށް،" ޕްރިވިލެޖްޑް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.

‎އޭނާ ވިދާޅުވީ ލިބުނު ތަރުހީބަށް ބަލާފައި މި މަހުގެ 10 ވަނަ ދުވަހު އިތުރު 3،000 ކާޑަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"ޕްރިވިލެޖް މެމްބަރަކަށް ވުމަށްޓަކައި މެމްބަރުންނާއި ޕްރިވިލެޖްޑް ޕާރޓްނަރުންގެ ފަރާތުން ލިބެމުން ދިޔަ ތަރުޙީބުގެ ސަބަބުން އަޅުގަނޑުމެން ގަސްދުކުރީ މި މަހު ދެވަނަ އެޑިޝަންގެ 3000 ކާޑު ދޫކުރުމަށް. ޕްރިވިލެޖްޑް މެމްބަރަކަށް ވުމުން ހަމައެކަނި ލިބިގެންދާ ފައިދާ އަކީ ޕްރިލިޖްޑް ޕާޓްނަރުންގެ ފަރާތުން ޑިސްކައުންޓް ލިބުމެއް ނޫން، ކާޑުން ވިޔަފާރި ކޮށްލުމުން 'ރިޑީމަބަލް ޕޮއިންޓްސް' ވެސް ލިބިގެން ދާނެ. މި ޕޮއިންޓްސް ތައް ބޭނުން ކޮށްގެން އޮންލައިންކޮށް ވިޔަފާރި ވެސް ކޮއްލުމުގެ ފުރުސަތު ކާޑުގެ މެމްބަރުންނަށް ލިބިގެން ދާނެ،"

ޕްރިވިލްޖްޑް މޯލްޑިވްސްގެ ވެބްސައިޓުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގެ ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ފާސްޓްފޫޑް، ސެލޫން، ސްޕާ، ޖިމް އަދި ފިޓްނަސް އާއި ފެޝަންގެ އިތުރުން އެކޮމޮޑޭޝަން ހިމެނެއެވެ. ޕްރިވިލެޖްޑް އިން ބުނީ ވެބްސައިޓުގެ ކެޓަގަރީތަކުގައި ހިމަނާވަނީ މިހާރު ރާއްޖޭގައި މަޝްހޫރު އަދި ގިނަ އަދަދެއްގެ މީހުންގެ މަޤުބޫލުކަން ލިބިފައިވާ ވިޔަފާރިތަކާއި އައުޓްލެޓްތައް ކަމަށެވެ. މި ވެބްސައިޓުގައި ހިމަނާފައިވާ ކޮންމެ ވިޔަފާރިއަކުން މެމްބަރުންނަށް ޑިސްކައުންޓްތަކާއި އަދި ކާޑަށް ރިޑީމަބަލް ޕޮއިންޓްސް ވެސް ލިބެއެވެ. އަދި ވިޔާފާރިތަކަށް ލޯކަލް އަދި އިންޓަނޭޝަނަލް އެކްސްޕޯޝާ ލިބިގެން ދާނެއެވެ. އެއީ ލޯކަލް ކާޑާއި ޓޫރިސްޓް ކާޑް މެދުވެރިކޮށެވެ. އަދި ޕްރިވިލެޖްޑް ޕާޓްނަރަކަށް ވުމަށް ފަހު މެމްބަރުންގެ މެދުގައި ވިޔަފާރިތަކުގެ މާކެޓިން ކުރުމުގެ ޒިންމާ ވެސް ޕްރިވިލެޖުން އުފުލާނެއެވެ. މީގެ އިތުރުން މަހުން މަހަށް ނިއުސްލެޓާ ފޮނުވައި އެ ވިޔަފާތިތަކުގެ ލޯޔަލް ކަސްޓަމަރުންނަށް ޕްރިވިލެޖްޑް ކާޑް ލިބޭނެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުންޏެވެ.

‎މި ޕްލެޓްފޯމްއަކީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދައިދޭނެ ފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ވިޔާފާރިތައް ފުޅާވެ، ވަރުގަދަ ވެގެން ދިޔުމުގެ އިތުރުން އާ ވިޔަފާރިތައް އުފެއްދުމަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުންޏެވެ.

‎ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން ރާއްޖޭގެ ފަންނާނުންނާއި އުފެއްދުންތެރިންނާއި މަސްކަތްތްތެރިންގެ ހުނަރާއި ގާބިލްކަން ޕްރޮމޯޓްކޮށް އެއް ޕްލެޓްފޯމަކަށް ގެނައުމަކީ ވެސް ޕްރިވިލެޖްޑް މޯލްޑިވްސްގެ އެއް ބޭނުން ކަމަށް އެ ފަރާތުން ބުންޏެވެ. އެ ގޮތުން ރާއްޖޭ ގިނަ ފަންނާނުންތަކެއްގެ ޕްރޮފައިލް މިހާރު ވަނީ ވެބްސައިޓްގައި ހިމަނާފައެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިންނާއި ޓިކްޓޮކް ފަންނާނުންނާއި ފިލްމީ ތަރިންނާއި މިއުޒިޝަނުންނާއި ފޮޓޯގްރާފަރުންނާއި ސޯޝަލް މީޑިއާގައި ފާހަގަކޮށްލެވޭ ފަންނާނުން ހިމެނެއެވެ.