ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ޓެރަރިޒަމްގެ ހަމަލާ އެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލެއްގެ މައުލޫމާތު ފުލުހުންނަށް ލިބި އިއްޔެ އިން ފަށައިގެން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ ހަމަލާ އާ ގުޅިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކު މިހާތަނަށް ވަނީ ހައްޔަރު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ފުލުހުން ހުއްޓުވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާ އެއް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މައުލޫމާތު ދައުރު ކުރަމުން ދާ ކަމަށެވެ.
އަދި އެއީ ދޮގު މައުލޫމާތެއް ކަމަށާއި ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސް ކުރުމަށް ފުލުހުންގެ އޮޕަރޭޝަން ދަނީ މިހާރުވެސް ކުރިއަށް ކަަމަށެވެ.
އަދި ރައްޔިތުންގެ ސަލާމަތާ ގުޅުން ހުރި މި ފަދަ ކަންކަމުގައި ސައްހަ މައުލޫމާތު ފެތުރުމަށް މީޑިއާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަ ކުރި އެ ހަމަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފި އެވެ. ތ. ތިމަރަފުށިން ރޭ ހައްޔަރު ކުރީ 31 އަހަރުގެ ދިވެެއްސެކެވެ. މީގެ ކުރިން ހަައްޔަރު ކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރާއި 18 އަދި 34 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.
އޮޕަރޭޝަން މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކުރިއަށްގެންދެ އެވެ.