ޓެރަރިޒަމްގެ އަމަލާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ދިން އަޕްޑޭޓުގައިި ބުނީ، އެ އަމަލާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޮޕަރޭޝަނުގައި ތ. ތިމަރަފުށިން ރޭ ހައްޔަރު ކުރީ 31 އަހަރުގެ ދިވެެއްސެއް ކަމަށެވެ. މީގެ ކުރިން ހަައްޔަރު ކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރާއި 18 އަދި 34 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.
ފުުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ތިމަރަފުށިންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.