ޓެރަރިޒަމް

އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް

Oct 22, 2019
1

މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓްތައް ކުރަމުން ދިޔަ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

ފުލުހުން ބުނީ އެ މީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އުމުރުން 27 އަހަރުގެ އެމީހާއަކީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގަން ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓްތައް ކުރަމުން ދިޔަ މީހެކެވެ. އޭގެ އިތުރަށް ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔުންތައް ވެސް އޭނާ ޕޯސްޓް ކުރަމުން ގެންދިޔަ އެވެ. ނަމަވެސް އެ މީހާއާ ގުޅޭ އެހެން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.