ހަބަރު

ބާވެފައިވާ ސަފާރީއެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ

Nov 13, 2020
1

ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ބޭނުން ނުކުރާ "އަމްޕީބިއާ" ނަމަކަށް ކިޔާ ސަފާރީއެއް ވާރޭވެހި ދިޔަ ވަމުންދާތީ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް މާލެ އޭރިޔާގެ ކޯސްޓް ގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހުޅުމާލެ ފަޅުތެރޭގައި ގިނަ އަަދަދެއްގެ ސަފާރީ އަޅާފައި އޮވެއެވެ. އޭގެ ތެރޭގައި ގިނަ ދުވަސްވީ އަދި މިހާރު ބޭނުން ނުކުރާ ބައެއް ސަފާރީތައްވެސް ހިމެނެއެވެ.