ހަބަރު

ބޮޑީބިލްޑިންގް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ މި މަހު 20 ގައި

ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ ހަތްވަނަ ދުވަހުވެސް ބޭއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ފަހަރު ޖަލްސާ ބޭއްވޭ ގޮތް ނުވީއެވެ.

އެ އެސޯސިއޭޝަނުން ބުނީ އަހަރީ އާންމު ޖަލްސާ އަލުން ބޭއްވުމަށް ނިންމާ ތާރީހެއް ކަނޑައަޅާފައިވާ ކަމަށެވެ. ޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަަހަރީ އާއްމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ހެންވޭރު ބޯޅަގެ ސެމިނާ ރޫމްގައެވެ.