ރައްޔިތުންގެ މަޖިލިސް

ބަޖެޓް ރިޕޯޓް ނިންމުން ބުރާސްފަތި ދުވަހަށް

Nov 14, 2020

ރައްޔިތުންގެ މަޖިލީހުން އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވައިލި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހަށް ނިންމަން އެ ކޮމިޓީ އިން ފާސް ކޮށްފި އެވެ.

ރިިޕޯޓް ނިންމަން ބުރާސްފަތީގެ ސުންގަނޑިއެއް ހުށަހެޅުއްވީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އޭނާގެ އެ ހުށަހެޅުން ކޮމިޓީގައި ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ބަޖެޓް ބަހުސް ބުދަ ދުވަހު ނިމޭނެތީ އެވެ.

މި ނިންމުން ކޮމެޓީގައި އާއިރު ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުން ކުރިޔަށް ގެންދާނީ އަންނަ ހޯމަ އާއި އަންގަރާ އަދި ބުދައިގަ އެވެ.

ބަޖެޓްގެ ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާއިރު ކޮމިޓީގެ ރިޕޯޓްގެ ބަހުސަށް ވެސް 12 ގަޑިއިރު ދޭނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 37.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.