ވިޔަފާރި

ބިދޭސީން މޮބައިލް ފޯނުގެ ވިޔަފާރި ކުރުން މަނާކޮށްފި

ރާއްޖޭގައި ބިދޭސީން މޮބައިލް ފޯނުގެ ވިޔަފާރިކުރުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މޮބައިލް ފޯނުގެ ދާއިރާއަކީ ބިދޭސީން ހަރަކާތެރި ނުވެވޭނެ ދާއިރާއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި، ބިދޭސީންނަށް ރާއްޖޭގައި އެ ވިޔަފާރި ކުރަން ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ގޮތަށް މޮބައިލް ފޯނާއި، ފޯނާ ގުޅުންހުރި ސާމާނުގެ ވިޔަފާރި ކުރުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ ފޯނު ވިޔަފާރި ހުއްޓާލަން ވާނެ ކަމަށެވެ.

ސަރުކާރުން ވަނީ ބިދޭސީން އިންވެސްޓްކުރެވޭނެ ދާއިރާތަކަކާއި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެ ދާއިރާތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ދިވެހިން ގިނަ އަދަދަށް މަސައްކަތްކުރާ ފޮޓޯގްރަފީގެ ދާއިރާގައި ބިދޭސން އުޅުންވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން މޮބައި ފޯނާއި އެއާ ގުޅޭ ސާމާނު ވިއްކާ ކުދި ފިހާރަތައް ހުޅުވައިގެން އުޅެ އެވެ.