ހއ. ކެލާ

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ހއ. ކެލާ: އެ ރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ވަނީ ނިންމާފައި
0%
0%
0%

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓުއަރިޒަމް މިނިސްޓްރީން އިއުލާނު ކޮށް ބީލަމަށް ހުޅުވާލައިފި އެވެ.

މިއީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ހަދާ ހޮޓަލެކެވެ.

މިނިސޓްރީން ބުނީ މި ޕްރޮޖެކްޓްގެ ބީލަމުގައި ރާއްޖެ އަދި ރާއްޖެއިން ބޭރު އިންވެސްޓަރުންނަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ގައި ވާޗުއަލްކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ މައުމާލު ސާފު ކުރަން ދައުވަތު އަރުވާ ކަމަށެވެ.

ބީލަން ހުށެހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910