ޓޫރިޒަމް

ކެލާ އާއި ކާށިދޫ ފަޅުގައި ރިޒޯޓް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ހއ. ކެލާ
0%
0%
0%

ހއ. ކެލާ އާއި ކ. ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު އަދި ކ. ކާށިދޫ ފަޅުގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފަ އެވެ.

ކެލާ ފަޅުގައި ތަރައްގީކުރާ އެއް ރިސޯޓަކީ 156.2 ހެކްޓަރު (12.19 ހެކްޓަރުގެ ރަށެއް ހިއްކުމަށްފަހު) ތަރައްގީކުރާ ރިސޯޓެކެވެ. ކެލާ ފަޅުގައި ތަރައްގީކުރާ އަނެއް ރިސޯޓަކީ 169.3 ހެކްޓަރު (12.19 ހެކްޓަރުގެ ރަށެއް ހިއްކުމަށްފަހު) ތަރައްގީކުރާ ރިސޯޓެކެވެ.

ކާށިދޫ ފަޅުގައި ތަރައްގީކުރާ ރިސޯޓަކީ 115.2 ހެކްޓަރު (10 ހެކްޓަރުގެ ރަށެއް ހިއްކުމަށްފަހު) ތަރައްގީކުރާ ރިސޯޓެކެވެ.

މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން ފަސް ވަނަ ދުވަހެވެ.

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމެވީ މިދިޔަ މާޗް މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910