ހަބަރު

ރައީސާއި އެމެރިކާ ސަފީރު ޓެރަރިޒަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

Oct 19, 2015
އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރައީސް ޔާމީނާ މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖެއާއި އެމެރިކާއިން ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީނާއި އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވެވި އާ ސަފީރު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް އޮތީ އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަތުލް ކޭޝަޕް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވަން މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ރައީސް އޮފީހުގަ އެވެ.

ދެ ގައުމުން ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމުގައި މިކަންކަން ހައްލުކުރެއްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ޓެރަރިޒަމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ދުނިޔޭގެ މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ޤާއިމްކުރެވުނު ފަހުން 50 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި، އެމެރިކާގެ އާ ސަފީރުގެ ދައުރުގައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން އެމެރިކާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަތުލް ކޭޝަޕް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910