ރިޕޯޓް

އިގްތިސޯދު ކުރިއަރާނެ މަގު ކޮށައިދިން ދެ އަހަރު

Nov 17, 2020
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ވެރިކަމާ ހަވާލުވިތާ މި އަދަދަށް ދެ އަހަރު މިވަނީ ފުރިފަ އެވެ. މަސައްކަތް ކުރަން ފުރިހަމަ އެއް އަހަރު ލިބުނުއިރު، ޖެހިގެން އައި އަހަރުގެ ކުރީކޮޅުން ފެށިގެން މިދަނީ ދުނިޔެ ބަލިކޮށްލި "ކޮވިޑް-19" ބަލީގެ ތެރޭގަ އެވެ. އެ އިމްތިހާނުގަ އެވެ. މި އިމްތިހާނުގެ މެދުތެރޭގައި ވެސް އިގްތިސޯދީ ގޮތުން މި ސަރުކާރުން ވަނީ ކާމިޔާބު ތަކެއް ހޯދާފަ އެވެ. ކުރި އަށް ދާނެ ގޮތުގެ މަގު ތަކެއް ކޮށާފަ އެވެ. އިގްތިސޯދަށް ދިރުން ގެންނަން ފުރިހަމަ މަސައްކަތް ތަކެއް ފަށަން ތައްޔާރުވެފަ އެވެ. އިގްތިސޯދީ ދާއިރާ އިން ކޮންމެ ދިމާލަކުން ނަޒަރު ހިންގާލިއަސް ފެންނަނީ ކުރިއަށް ދާނެ ތަނަވަސް މަގެއް ކޮށިފައިވާ ތަނެވެ.

މަސްވެރިކަމުގެ ދާއިރާ އަށް އިސްކަމެއް

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިމުގައި ބާނާ މަސް، ގަނެވޭނެ އެންމެ ދަށް އަގު (ފްލޯ ޕްރައިސް) އެއް މިވަނީ ކަނޑައަޅާފަ އެވެ. މީގެ ބޭނުމަކީ އިގްތިސޯދު ހީނަރުވެފައިވަނިކޮށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ގެއްލުންވެ، މަސްވެރިންގެ އަތުން މަސް ގަތުން ހުއްޓުނަ ނުދީ ހިފެހެއްޓުމެވެ.

މި ބަދަލާއެކު މިހާރު ކޮންމެ ހަފުތާއެއް ނިންމައި ފައިސާ ދެވޭނެ އިންތިޒާމެއް ކަނޑައެޅުނެވެ. އަދި 17، ސެޕްޓެމްބަރު 2020 އިން ފެށިގެން 4، ނޮވެންބަރު 2020 ގެ ނިޔަލަށް ޖުމުލަ 190 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދެވިފަ އެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ތަންފީޒުކުރުމަށް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިން ބާނާ މަސް ގަތުމަށް މަސް ގަންނަ ކުންފުނިތަކަށް ދީފައިވާ [އެކްސްކްލޫސިވިޓީ] އުވާލައި، އައު ކުންފުނި ތަކަށް މިކަމަށް ނުކުތުމަށް ފުރުސަތު ހުޅުވާލާއި ސިޔާސަތު ވަނީ އާއްމުކޮށްފަ އެވެ. މިއީ ވެސް މަސްވެރިކަން ކުރިއަށް ދާން ކޮށުނު ރަނގަޅު މަގެކެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ފިލުވާލުމުގެ ގޮތުން، 25 ޓަނުގެ މުޅިން އައު ދެ އައިސް ޕްލާންޓްވަނީ އދ.
މަހިބަދޫ އަދި ޏ. ފުވައްމުލަކުގައި 2019 ވަނަ އަހަރު ތެރޭގައި ގާއިމްކޮށް ހިދުމަތްދޭން ފަށާ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯ ސަސް އެންޑް އެގްރިކަލްޗަރގެ ބަޖެޓުން ހަރަދުކޮށްގެން 25 ޓަނުގެ ދެ އައިސްޕްލާންޓް ކ.ގާފަރު އަދި ރ.މަޑުއްވަރީގައި ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހަމަ އެއާއެކު ޕީއެސްއައިޕީގެ ބަޖެޓުން ފ. ފީއަލީގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް ފީއަލި ކައުންސިލާ އެކު މިނިސްޓްރީން މިހާރު ވަނީ ސޮއިކޮށްފަ އެވެ.

މަސްވެރިންގެ އެކައުންޓަށް ފައިސާ ޖަމާ ކުރަން ފެށުން

  • މިހާތަނަށް ދޫކޮށްފައިވާ ޖުމުލަ އޮޑިވެރިޔާ ކާޑު: 60
  • ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގެ 8.58 ޕަސެންޓް
  • މިހާތަނަށް ދޫކޮށްފައިވާ ޖުމުލަ ކާޑު: 2675
  • މިއީ ރަޖިސްޓްރީވެފައިވާ މަސްވެރިންގެ 33.33 ޕަސެންޓް

ވެސަލް މޮނީޓަރިން ސިސްޓަމް ގާއިމް ކުރުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލައިސަންސް ނަގައިގެން މަސްވެރިކަންކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ހޯދައި، އެއްކުރުމާއި، މިނިސްޓްރީގެ ފަރާތުން ލައިސަންސް ދޫކޮށްގެން ކުރިއަށް ގެންދާ މަސްވެރިކަމުގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމާއި މޮނިޓަ ކުރުމަށް މަސްވެރި އުޅަނދުފަހަރަށް ހާއްސަ ޒަމާނީ "ވެސަލް މޮނިޓަރިން ސިސްޓަމެއް" ވަނީ ގާއިމް ކުރެވިފަ އެވެ. މިހާތަނަށް 30 އުޅަނދެއްގައި އީ އޮބްޒާވާ ސިސްޓަމް އަދި 19 އުޅަނދެއްގައި ވެލަސް ލޮކޭޓިން ޑިވައިސް ހަރުކޮށްފައިވެ އެވެ.

މެރިކަލްޗަ ވިޔަފާރި ތަރައްގީ ކުރުމުގެ ފެށުން

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މެރިކަލްޗާ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް މިދިޔަ ދެ އަހަރު ވަނީ ކޮށްފަ އެވެ. އެގޮތުން ގއ. މާނާގަލާ މަލްޓި ސްޕީޝީސް ހެޗަރީ ގާއިމްކުރުމަށްޓަކައި ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގޭ އުމްރާނީ ތަރައްގީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތުގައެވެ. މި ފިޔަވަހީގެ ދަށުން، މާނާގަލާ އަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރެވޭނެ އެވެ. މީގެ ތެރޭގައި ނެރުކެނޑުމާއި، ޖެޓީ އާއި މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަންތަނާއި އިންޖީނުގެއަކާއި އޮފީސް އިމާރާތަކާއި މިސްކިތް ބިނާކޮށް، ސުވޭޖް ޓްރީޓްމަންޓު ގާއިމުކުރެވޭނެ އެވެ. ހެޗަރީގެ ފަންނީ މަސައްކަތް ތަކަށް ބިނާތައް ގާއިމުކޮށް ހެޗަރީ ހިންގުމަށް ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

މަނިޔަފުށި ރިސަޗް އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީ، މެރިކަލްޗާ ދާއިރާއެއް ކުރިއެރުވުމަށް ބޭނުންވާ މީހުން ބިނާ ކުރުމަށް ތަމްރީނުދީ، މި ދާއިރާ އަށް ބޭނުންވާ ދިރާސާ ކުރާ މަރުކަޒެއްގެ ގޮތުގައި މަނިޔަފުށި ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ 65 ޕަސެންޓް ވަނީ ފުރިހަމަ ވެފަ އެވެ.

ފާނަ އާލާކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ކާމިޔާބު މަސައްކަތް ތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އދ. މަހިބަދޫ އާއި އޮމަދޫ، ދަނގެތި އަދި ދިގުރަށުގައި މި މަސައްކަތް ދަނީ ކުރަމުންނެވެ. މި ގޮތުން އދ. މަހިބަދޫގެ ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި 4240 ފާނަ ނީލަން ކިއުމުގެ މަސައްކަތް އޮކްޓޫބަރު 13 އިން 15 އަށް ކުރިޔަށް ގެންދިޔަ އެވެ. މި ނީލަމުގައި 2،132 ފާނަ ވަނީ 213،637ރ. އަށް ވިކިފަ އެވެ.

އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ގާއިމުކުރުން

މެރިކަލްޗާ ބޭނުމަށް ރާއްޖެ އެތެރެކުރެވޭ ކަނޑުގެ ދިރުމުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ކޮށްފާނޭ ނޭދެވޭ އަސަރު ކުޑަކުރުމާއި، އެކުއަކަލްޗާގައި ދިމާވާ ބަލިބަލި ދެނެގަތުމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުލޭގައި އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީއެއް ވަނީ ގާއިމްކޮށްފަ އެވެ.

ސަރުކާރުގެ ގިނަ ވައުދުތައް ފުއްދުމަށް މަގު ފަހިވާގޮތަށް އަދި މަސްވެރިކަން ރާވާ، ހިންގާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މަގުފަހިވާގޮތަށް، ދިވެހިރާއްޖޭގެ [މަސްވެރިކަމުގެ ޤާނޫނު] ވަނީ އިސްލާހުކޮށް ތަސްދީޤުކުރެވިފަ އެވެ. އަދި މި ގާނޫނުން ބާރު ލިބިގެން ގިނަ ގަވާއިދު ތަކެއް ހަދާފައިވެ އެވެ.

މަސްވެރިކަމުގެ އާ ގަވާއިދުތައް:

  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު
  • މަސްވެރިކަމުގެ ޤާނޫނާއި ގަވާއިދާ ޚިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާބެހޭ ގަވާއިދު
  • ޤާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕ ޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް
  • ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު
  • އެކުއަކަލްޗާ ކުރުމުގެ ގަވާއިދު
  • މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް
  • ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު
  • މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު
  • މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު

މަސްވެރިކަމަށް ގެންނަ ސާމާނުން ޑިއުޓީ ކަނޑާލުން

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް، މަސްވެރި އުޅަނދު ބަންނަން ރާއްޖެ އެތެރެކުރާ ސާމާނާއި އިންޖީނު، ނެވިގޭޝަނަލް އިކުއިޕްމަންޓް ފަދަ ތަކެތިން މިހާރު ވަނީ ޑިއުޓީ ކަނޑާލެވިފައި އެވެ. މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބޭ ބޮޑު ލުޔެކެވެ.

މިފްކޯ ފުޅާކޮށް، މަސްވެރިކަމަށް ބޮޑު އިންވެސްޓްމަންޓެއް

އިންޑިއާގެ އެކްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަދި ސައުދީ ފަންޑުގެ ދަށުން މިފްކޯ ގެ ފެސިލިޓީތައް ތަރައްގީކުރުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ އަގު 30 މިލިއަން ޑޮލަރަށް އަރަ އެވެ. މިކަމަށް ބޭނުންވާ ފައިނޭންސް ލިބި ފެލިވަރުގައި ބައެއް މަސައްކަތްތައް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

ތަރައްގީ ކުރާނެ ވަސީލަތްތައް

  • ފެލިވަރު ހުންނަ ފެސިލިޓީ (ލައިން އޮފް ކްރެޑިޓް)
  • ގެމަނަފުށި މިފްކޯ ފެސިލިޓީ (ލައިން އޮފް ކްރެޑިޓް)
  • ކޫއްޑޫ ފެސިލިޓީ (ސައުދީ ފަންޑު)
  • ކަނޑު އޮތް ގިރި (ސައުދީ ފަންޑު)
  • މިފްކޯ މުލަކު ފެސިލިޓީ (ސައުދީ ފަންޑު / ސަރުކާރުގެ ބަޖެޓް)
  • ހުވަދުއަތޮޅު ދެކުނުބުރި ގދ. ތިނަދޫ ފެސިލިޓީ (ައުދީ ފަންޑު / ސަރުކާރުގެ ބަޖެޓް)

މަސްވެރިންނަށް ތެޔޮ އަގު ހެޔޮ ކުރަން: ފަހިހަކަތަ

މަސްވެރިކަމުގައި ބޭނުންކުރާ ތެލުގެ ޑިއުޓީ ކަނޑާލާ މަސްވެރިންނަށް ޑިއުޓީގެ އިނާޔަތް ދިނުމަށްޓަކައި، [ފަހިހަކަތަ] ޕްރޮގްރާމް ފަށައި ޑިއުޓީ އުނިކޮށްފައިވާ ތެޔޮ ވިއްކުމަށް ޕްރޮގްރާމް ދަނީ ކުރިއަށް. މިގޮތުން މިފްކޯ އަދި ހޮރިޒަން ފިޝަރީޒް އާއެކު ޖުމްލަ 15 ސަޕްލަޔަރުން އަދި 196 އުޅަނދު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ. އަދި އޮކްޓޯބަރު 2019 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް 1.2 މިލިއަން ރުފިޔާގެ ތެޔޮ އެކި ފަރާތްތަކަށް ދޫކޮށްފައިވެ އެވެ.

ދަނޑުވެރިކަމުގެ ވިޔަފާރި ފުޅާ ކުރަން ކުންފުންޏެއް

ދަނޑުވެރިކަން ފުޅާކުރަން ސަރުކާރުން ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް ހަދާފަ އެވެ. ެގްރ ނެޓްގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން "ނޫ އިގްތިސާދު"ގެ އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އާލާކުރުމެވެ. މި ކުންފުނިން ވަނީ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" ގެ ނަމުގައި އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އެގްރޯ ނެޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި އެސްއެމްއީ ފައިނޭޝަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އާއި އަމިއްލަ ކުންފުނިތައް ސާމިލު ވެގެން ހިންގާ މަޝްރޫއު އެކެވެ.

ސަރުކާރުން ވަނީ ދަނޑުވެރިކަން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރުމަށްޓަކައި މި ވިޔަފާރިއަށް ހާއްސަކޮށް ހަ ރަށެއް ދޫކުރަން ހުޅުވާލާފަ އެވެ.

ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ ކަނޑާލުން:

ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފަސޭހައިން ލިބޭނެގޮތް ހަދައިދިނުމަށްޓަކައި ދަނޑުވެރިކަން ކުރުމަށް ރާއްޖެއަށް އިމްޕޯޓް ކުރަމުން ގެންދާ ސާމާނުގެ ތެރެއިން 191 އައިޓަމަކުން ވަނީ ޑިއުޓީ ކަނޑާލާފައި އެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ މިވަޢުދުގެ ދަށުން "ދަނޑުވެރި ނަފާ" ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ޕްރޮގްރާމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސ ސަސް އެންޑް އެގްރިކަލްޗަރު އާއި އެސްޑީއެފްސީ ގުޅިގެން ވަނީ 18 މާރިޗް 2019 ވަނަ ދުވަހު ފަށާފައެވެ. "ދަނޑުވެރި ނަފާ" ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ 30 ޕަސެންޓް ހާއްސަކޮށްފައިވަނީ ދަނޑުވެރި އަންހެން ކަނބަލުންނަށެވެ. މި ލޯނު ޕްރޮގްރާމުން 5.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އިގްތިސޯދު ޑައިވާސިފައި ކުރުން

ނޮވެމްބަރު 2018 ވަނަ އަހަރުން ފެށިގެން 2020 ގެ ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 2363 ކުންފުޏާއި، 443
ޕާރޓްނާޝިޕް އަދި އަމިއަލަ ފަރުދުންގެ 3،395 ވިޔަފާރި ރެޖިސްޓާ ކޮށްފައިވެ އެވެ. މީގެ އިތުރުން، 78 ފޮރިން އިންވެސްޓްމަންޓް 2019 ގައި ރެޖިސްޓަރ ކޮށްފައިވާއިރު، ޖަނަވަރީ 2020 އިން ނޮވެމްބަރު ގެ ނިޔަލަށް 24 ފޮރިން އިންވެސްޓްމަންޓް ރެޖިސްޓާކޮށްފައިވެ އެވެ.

ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް 2019 ގައި ފެށިފަހުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަތީގެ ދަށުން 40،000 ފަރާތެއް ރެޖިސްޓަރަ ކޮށްފައިވެ އެވެ. މިއީ ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށް ލަފާކުރެވޭ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޖޮބް-މެޗިން ގެ ހިދުމަތްތައް ފޯރުކޮށްދީ، ވަޒީފާގެ ބަޒާރަށް އަލުން ވަނުމަށް ފުރުސަތު ހުޅުވާލެވިގެން ދާނެ އެވެ. މިހާތަނަށް މިހާތަނަށް 7،200 ބިދޭސީ ފަރާތް، "ވޮލަންޓަރީ ރީޕެޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ.

އިންވެސްޓްމަންޓް ފަހި ކުރަން ގިނަ ފިޔަވަޅުތަކެއް

ފޮރިން އިންވެސްޓްމަންޓް ޤާނޫނުން ބާރު ލިބިގެން، މިނިސްޓްރީން ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގަވާއިދުގެ ގެޒެޓުކޮށްފަ އެވެ. އެފްޑީއައި ޕޮލިސީގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ހުރި ވިޔަފާރިގެ ފުރުސަތުތައް އިންވެސްޓަރުންނަށް ހާމަކޮށް ފެންނަން ހުންނާނެ ގޮތެއް މަގުފަހި ކުރުމެވެ. އަދި މީގެ އިތުރުން، 100 ޕަސެންޓް ފޮރިން އިންވެސްޓްމަންޓް ރެޖިސްޓާ ކުރެވިދާނެ ހުޅުވާލެވިފައިވާ ދާއިރާ ތަކާއި، ދިވެހިންނާ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް މި ޕޮލިސީގައި ހިމެނިފައިވެ އެވެ. މި ޕޮލިސީގެ ދަށުން ޖުމްލަ 29 ދާއިރާއެއްގައި ބޭރުގެ ފަރާތް ތަކަށް އިންވެސްޓް ނުކުރެވޭ ގޮތަށް ކަނޑައެޅި އެވެ.

ކޮންސިއުމާ ޕްރޮޓެކްޝަން ޤާނޫނު

ކޮންސިއުމަ ޕްރޮޓެކްޝަން ގާނޫނުގެ މައިގަނޑު މަގްސަދަކީ މުދާ ނުވަތަ ހިދުމަތް ބޭނުންކުރާފަރާތްތަކުގެ މަސްލަހަތު އިސްކޮށް، އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް ޕްރޮމޯޓްކުރުންމެވެ. އެގޮތުން 1996 ވަނަ އަހަރު ފާސްކުރެވުނު ކޮންސިއުމާ ޕްރޮޓެކްޝަން ޤާނޫނު އިން މުދާ ގަންނަ ފަރާތްތަކާއި، ޙިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނީ ބިންގާ ވަނީ އެޅި އެވެ.

އެއާޕޯޓްތައް އަޅައި، އިތުރަށް ތަރައްގީ ކުރުން

ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގެ އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ހަނިމާދޫ އެއާޕޯްޓް ތަރައްޤީކުރުމަކީ ވަރަށް
މުހިންމު ކަމެއްކަމުގައި ސަރުކާރުން ދެކެ އެވެ. އެހެންވެ ހަނިމާދޫ އެއާޕޯޓް މަޝްރޫޢުގެދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ 5500 އަކަމީޓަރުގެ އާ ޓާމިނަލެއް އެޅިގެންދާނެ އެވެ. މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އަދި ކާގޯ ކޮމްޕްލެކްސްއެއް އެޅޭނެ އެވެ.

މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫ އެކެވެ. މީގެ އިތުރުން ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޓާމިނަލް ފެސިލިޓީއެއް އަޅައިމ އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަކުރެވިގެން ދާނެ އެވެ. މީގެތެރޭގައި ކާގޯ ފެސިލިޓީ އާއި ވެއާހައުސް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ޓާމިނަލް އަޕްގްރޭޑް ކުރުން ވެސް ހިމެނޭ ހިމެނެ އެވެ. މި މަސައްކަތް އަންނަ އަހަރު ފެށޭނެ އެވެ.

އޮތެންޓިކް މޯލްޑިވްސް – ޑިއުޓީ ފްރީ ޝޮޕް

އޮތެންޓިކް މޯލްޑިވްސް ގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކަށާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ރައްޖޭގެ އުފެއްދުންތައް ކުރިއަރުވައި، އެކްސްޕޯޓް މާކެޓް ކުރިއެރުވުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުގައި ރީޓެއިލް އައުޓެލެޓްތައް ތައާރަފް ކުރުމެވެ. މި އަހަރުގެ ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް 3.8 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.


މި ވިޔަފާރި ސަޕްލަޔަރުންގެ އަދަދު 61 އަށް އަރަ އެވެ. އަދި އޮތެންޓިން މޯލްޑިވްސްގައި ވިއްކޭ ވަކި ވަކި މުދަލުގެ އަދަދު 1،242 އަށް ވަނީ އަރާފަ އެވެ. އަދި ފޮރިން އިންވެސްޓަރެއްގެ ސަމާލު ކަމަށް ވީއައިއޭ ޑިއުޓީ ފްރީގައި ވިއްކަމުންދިޔަ އެއް ސަޕްލަރުގެ ޕްރޮޑަކްޓްތައް އައުމާއެކު، "ޖުމޭރާ ޑުބާއީ" ގައި މި ޕްރޮޑަކްޓް ވިއްކުމުގެ ފުރުސަތު އެ ސަޕްލަޔަރަށް ވަނީ ލިބިފަ އެވެ. އަދި 12 ނޮވެމްބަރު 2020 ގައި ހުޅުމާލެ ސެންޓްރޯ މޯލްގައި 31 ސަޕްލަޔަރުންނާއި އެކު އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ އެއް ހުޅުވާފައިވެ އެވެ. އަދި އާ މާކެޓް ތަކަށް މި ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި، ރީޖަނަލް އެއާޕޯޓްތަކާއި ގެސްޓްހައުސް ތަކުގައި މި ފިހާރަ ހުޅުވަން ނިންމާފައިވެ އެވެ.

ގުޅިފަޅު ވިޔަފާރި ބަނދަރުގެ ބިޔަ މަޝްރޫއު

ރާއްޖެއަކީ އިމްޕޯޓް މުދަލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަށްވުމާއެކު ވިޔަފާރި ބަނދަރުގެ ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ
އިތުރުކުރުމަކީ މިވަގުތު އެންމެ މުހިންމު ކަމެކެވެ. އެހެންވެ ސަރުކާރުން ވަނީ މިގޮތުން ގުޅިފަޅުގައި ޒަމާނީ ފެންވަރުގެ ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްގީ ކުރުމަށް ނިންމައި ބިން ހިއްކަން ފަށާފަ އެވެ. އަލަށް ތަރައްގީ ކުރަން ނިންމާފައިވާ މި ބަނދަރު ވެގެންދާނީ ރާއްޖެ އަށް މުދާ އެތެރެވާ މައި ހަބަށް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ބަނދަރުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށާއި މުޅި އިޤްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ.
ގުޅިފަޅުގައި ތަރައްގީކުރާ ބަނދަރު ނިމުމުން 350 މީޓަރުގެ ބޮޑެތި ބޯޓުފަހަރު ސީދާ ގުޅިފަޅަށް ކައިރިކޮށް މުދާ ބޭލޭނެ އެވެ. އަދި ރާއްޖެ އަށް ހިދުމަތް ދިނުމަށް ޝިޕިން ލައިން ތަކުން ހަދަންޖެހޭ "ޕޯޓް އޮފް ކޯލްސް" މަދުވެ ވިޔަފާރިވެރިންގެ ފްރައިޓް ހަރަދު އަދި މުއްދަތު ކުޑަ ވެގެންދާނެ އެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފޭސް ނިމޭއިރު ރާއްޖެ އިން ބޭރުން އަންނަ ބޮޑެތި ބޯޓު ފަހަރަށް ގާތް ކުރެވޭވަރުގެ 610 މީޓަރުގެ މަގަތު ފާލަމަކާއި، ގުޅިފަޅަށް ބާލާ މުދާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމަށް 180,1 މީޓަރުގެ މަގަތު ފާލަމެއް ހެދިގެންދާނެ އެވެ. މީގެ އިތުރުން ކޮންޓެއިނާ ޔާޑާއި، ކޮންޓެއިނަރ ފްރައިޓް ސްޓޭޝަން، ބޮންޑެޑް ވެއާހައުސް، ފިއުލް ސްޓޯރޭޖް އަދި މެއިންޓަނެންސް ޔާޑު އަދި ޒަމާނީ ބަނދަރަކަށް ބޭނުން ވާނެ އެންމެހާ ވަސީލަތްތައް ބަނދަރުގައި ގާއިމުކުރެވިގެން ދާނެ އެވެ.

މި ބަނދަރުގެ ސަބަބުން މާލެ އަށް ބޮޑެތި ލުއިތައް ލިބިގެންދާނެ އެވެ. މާލޭގެ ޓްރެފިކް ގެ ބާރު ބޮޑުވާ އެންމެ ބޮޑު އެއް ސަބަބަކީ މުދާ އުފުލާ ބޮޑެތި ވެހިކަލްތައް މާލޭގެ މަގުތަކުގައި ގިނަވުމެވެ. އެހެންކަމުން މާލޭގައި ހެދިފައިފާ ބޮޑެތި ވެއާހައުސްތައް ވެސް ގުޅީ ފަޅަށް ބަދަލުކުރެވި، ޕޯޓުން ބޭރުކުރާ މުދާ މާލެ އިން ބޭރުގައި ހުންނަ ވެއާހައުސް ތަކަށް ގެންދާން ފެށުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ޕޯޓުގެ ޖާގައިގެ ދަތިތައް ހައްލުވުމުން މުދާ އަވަހަށް ކްލިއާވެ، އެކަމުގެ ހެޔޮ އަސަރު ތަކެތީގެ އަގަށް ކުރާނެ އެވެ. މީގެ އިތުރުން މާލެ އިން ބޮޑު ޖާގައެއް ހުސްވެ، މިހާރު މާލެގެ ޕޯޓު ސަރަހައްދު އާންމު ރައްޔިތުންނަށް ހިތް ފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ އެވެ. ގުޅިފަޅުގައި ކުރިއަށްދާ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން ޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފެށިފަ އެވެ.