ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގައި ރޭވެސް ދިވެއްސެއް މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން މިއަދުވެސް ދިވެއްސަކު މަރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ރޭގެ ވަގުތެއްގައި މަރުވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެއާއެކު ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު 44 އަށް އެރީ އެވެ.

އިއްޔެ ހެނދުނު ވެސް ވަނީ 79 އަހަރުގެ ދިވެހި އަންހެނެއް އެ ބަލީގައި މަރުވެފައިވެ އެވެ.

މި ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގައި ތިން މީހަކު ވަނީ މަރުވެފައެވެ.

އެޗްއީއޯސީން ބުނީ ކޮވިޑްގައި ގިނައިން މަރުވެފައިވަނީ ވަރަށް ގިނަ ދުވަހު އެޑްމިޓްކޮށް ފަރުވާ ދިން މީހުން ކަމަށެވެ. އަދި މަރުތައް އިތުރުވުމަކީ އެ ވަގުތަކު ކޮވިޑްގެ ހާލަތު އޮތް މިންވަރާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,204 އެވެ.