ލައިފްސްޓައިލް

ބަލި ކުއްޖަކު އުފާކޮށްދޭން ޑޮކްޓަރަކު ބެޓްމޭން ހެދުމުގައި

ދުނިޔޭގައި ގޯސް މީހުން އިންތިހާއަށް ގިނަ ނަމަވެސް ރަނގަޅު މީހުން ވެސް މަދުން ނަމަވެސް ފެނެ އެވެ. ކެންސަރު ބައްޔާ ހަނގުރާމަކުރަމުންދާ ކުޑަ ކުއްޖަކަށް ފަރުވާދޭ މި ޑޮކްޓަރަކީ ރަނގަޅު މީހުންގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭނެ މީހެކެވެ.

ސޯޝަލް މީޑީއާގައި ފާއިތުވީ ދެ ތިން ދުވަހު ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެންނަނީ މި ޑޮކްޓަރު އޭނާ ފަރުވާދޭ ކުޑަ ކުއްޖާ ހިތްހަމަޖައްސައިދޭން ބެޓްމޭން ހެދުން އަޅައިގެން އުޅޭ ތަނެވެ.

"ޑޮކްޓަރަކު އޭނާ ފަރުވާ ކުރާ ކެންސަރު ބަލީގެ ކުއްޖެއް ކައިރީގައި އެ ކުއްޖާގެ ހުވަފެނަކީ ކޮބައިތޯ ސުވާލު ކުރި. އެ ފިރިހެންކުއްޖާ ބުނަނީ އެ ކުއްޖާގެ ހުވަފެނަކީ ބެޓްމޭން އާ ބައްދަލުކުރުން ކަމަށް. އެހެންވެ އަނެއް ދުވަހު ޑޮކްޓަރަކު ބެޓްމޭން ކޮސްޓިއުމްގައި ޑޮކްޓަރަކު އެ ކުއްޖާ ކައިރިއަށް ގޮސް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިން،" ޓުވިޓާގެ "ދަ ފީލް ގުޑް ޕޭޖް"ގައި މީހަކު ޝެއާކޮށްފައިވާ މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

އިންޓަނެޓުން މި ވީޑިއޯ ބެލި ގިނަ ބަޔަކަށް އެ ބަލާފައި ވަރަށް އަސަރުކުރި އެވެ. އެއްބަޔަކު ބުނީ ހަމަ ރަނގަޅަށް ވެސް ވީޑީއޯ ބަލާފައި ރޮވުނު ކަމަށެވެ. އަދި ކުޑަ ހިނދުކޮޅެއް ތެރޭގައި 1.75 ލައްކަ މީހުން މި ވީޑިއޯ ބަލައި ކޮމެންޓް ކޮށްފައި ވެއެވެ.

ބެޓްމޭން އާ ބައްދަލުވުމުން ކުޑަ ކުއްޖާ ވެސް އުފަލުން އުޅޭތަން ވީޑީއޯ އިން ފެނެ އެވެ. އެއްބަޔަކު ބުނީ ޑޮކްޓަރުގެ ރަނގަޅުކަމުން ހިތަށް ވަރަށް އަސަރުކޮށްފި ކަމަށެވެ. ދެ ވަނަ މީހަކު ކުރި ޓުވީޓުގައި ބުނެފައިވަނީ 10 ފަހަރަށް ވީޑިއޯ ބަލައިފި ކަމަށާއި ބަލާ ކޮންމެ ފަހަރަކު ވެސް ރޮވޭ ކަމަށެވެ. ކުއްޖާ ހިތް އުފާކޮށްދޭން މަސައްކަތްކުރި ޑޮކްޓަރަށް ވަރަށް ގިނަ މީހުން ތައުރީފުކޮށް ހެޔޮ ދުއާ ކޮށްފައި ވެއެވެ.