ކުޅިވަރު

ބެލްޖިއަމްއިން އިންގްލޭންޑް ކަޓުވާލައިފި

އިންގްލެންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބެލްޖިއަމް އިން އިންގްލޭންޑް ކަޓުވާލައިފި އެވެ.

ބެލްޖިއަމްއިން ވަނީ، މެޗުގެ ކުރީކޮޅު އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފަ އެވެ. ބެލްޖިއަމްގެ ފުރަތަމަ ލަނޑު ރޮމެލޫ ލުކާކޫ ތަނަވަސް ކޮށްދިން ފުރުސަތަކުން ޔޫރީ ޓައިލްމަންސް ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ޑްރައިސް މާޓެންސް ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ.

މާޓެންސް ލަނޑު ޖެހީތާ 10 މިނެޓް ފަހުން އިންގްލެންޑުން ކުޅުން ރަނގަޅު ކުރިތަން ފެނުނެވެ. އިންގެލެންޑް ސަލާމާތްވާ ބޭނުން ނަމަ އެ ޓީމަށް އޮތީ މޮޅުވުމެވެ. އެހެންނަމަވެސް މެޗުން ބަލިވުމުން އެ ޓީމު އޮތީ ތިން ވަނައިގަ އެވެ.

އެ ގުރުޕްގައި ހިމޭނެ އަނެއް ދެ ޓީމު ކަމަށްވާ ޑެންމާކާއި އައިސްލެންޑް ކުޅުނު މެޗު ޑެންމާކް ކާމިޔާބު ކުރީ 2-1 ންނެވެ. ޑެންމާކުގެ ދެ ލަނޑުވެސް ކްރިސްޓިއަން އެރިކްސަން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީން އެރިކްސަން ޑެންމާކަށް ލީޑް ނަގައިދިނެވެ. މެޗުގެ ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކިއާޓެންސަން ވަނީ އައިސްލެންޑަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި އެރިކްސަން ވަނީ ޑެންމާކަށް ލީޑް ނަގައިދީފަ އެވެ. ޑެންމާކް އޮތީ ފުރޫޕްގެ ދެ ވަނައިގައެވެ.