ކުޅިވަރު

ޔޫއެފާގެ ރައީސްގެ ހަމަލާ ބާސާގެ ކުރީގެ ބޯޑަށް

ޔޫރަޕިއަންސް ސުޕަ ލީގްގެ މައްސަލައިގައި ޔޫއެފާގެ ރައީސް އެލްގްޒެންޑާ ކެފްރިންގެ ހަމަލާތައް ބާސާގެ ކުރީގެ ބޯޑަށް ރައްދު ކޮށްފި އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އިން ކުރިއަށް ގެންދިޔަ ސްޕޯޓް ވީކެންޑްގައި ވާހަކަ ދައްކަމުން ކެފްރިން ވިދާޅުވީ، ޔޫރަޕިއަން ސުޕަ ލީގަކީ އަމިއްލަ ކުލަބާ މެދު ނުސްވިނާ ދެ ތިން ޑައިރެކްޓަރެއްގެ ހުވަފެނެއް ކަމަށެވެ. އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމުން މިދިޔަ މަހު ބާސާގެ ރައީސް ކަމުން އިސްތިއުފާ ދިން ޖޯސެފް މާރިއާ ބާޓޮމެއުގެ ބޯޑުން ވަނީ، އިސްތިއުފާ ދިނުމުގެ ކުރިން ޔޫރަޕިއަން ސުޕަ ލީގްގައި ބައިވެރިވާން އެ ކުލަބުން ނިންމާފައިވާ ކަމަށް ފާސް ކޮށްފަ އެވެ. ކެފްރިން ވިދާޅުވީ ސުޕަ ލީގްގެ ހިޔާލަކީ އެއްވެސް ވަރަކަށް ނިންމާފައިވާ ހިޔާލެއް ނޫން ކަމަށެވެ.

"އެ ހިޔާލަކީ އެއްވެސް ސީރިއަސް ކަމެއް ހުރި ހިޔާލެއް ނޫން،" ކެފްރިން ވިދާޅުވި އެވެ. "އެ ހިޔާލު ފެންމަތި ވެގެން އުޅެނީ ގޮތް ހުސެވެފައި ހުރި ބާސެލޯނާގެ ކުރީގެ ރައީސް އެ ވާހަކަ ދެއްކުމުން. އެކަމަކު އަހަރެން ގަބޫލު ކުރަނީ އެ ހިޔާލަކީ ސީރިއަސް ހިޔާލަކަށް ވުރެ ބޮޑަށް މަގުބޫލު ކަމެއް ހޯދަން ނުވަތަ ސިޔާސީ ގޮތުން ދެއްކި ވާހަކައެއް ގޮތަށް."

ކެފްރިން، ވިދާޅުވީ އޭނާއަށް ޔޫރަޕިއަން ސުޕަ ލީގަކީ ދައްކަން ޖެހޭ ވާހަކައެއްވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ވާހަކަ ދައްކަނީ ސީރިއަސް ކަންތައްތަކުގައި ކަމަށެވެ.

"އެއީ ދެތިން ޑައިރެކްޓަރުންގެ ހުވަފެނެއް،" ސްޕަ ލީގާ ބެހޭގޮތުން ބާސާގެ ކުރީގެ ބޯޑަށް ރައްދު ދެމުން ކެފްރިން ވިދާޅުވި އެވެ. "އެމީހުން ނުވިސްނާނެ އެއްބައިވަންތަ ކަމާމެދު އެއް. އެމީހުން ވިސްނާ ހަމައެކަނި ކަމަކީ އެމީހުންގެ ނަފުސު. އެމީހުން އެމިއްލަ ކުލަބަށްވެސް ގެއްލުން ދެވޭއިރުވެސް އެމީހުންނަކަށް ނޭންގެ."