ހަބަރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 6،000 ރުފިޔާގެ އެލެވެންސެއް ދޭނެ އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. އަދި ބައިވެރިންނަށް އެލަވަންސެއް ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ އެވެ.

އެޕްރެމްޓިސްޝިޕްގައި ތަމްރީނު ކުރާ ދާއިރާތައް

  • ގާޑެނިން
  • މޭސަނަރީ
  • ވެލްޑިން
  • އިލެކްޓްރީޝަން
  • ހެވީ ވެހިކަލް އޮޕްރޭޓާ
  • ސައިޓް ސުޕަވައިޒާ ފޯ ބިލްޑިން ކޮންސްޓަރަކްޝަން

ހަތަރު މަސް ދުވަހުގެ މުއްދަތައް ކުރިއަށް ފެންދާ މި ޕްރޮގްރާމްގައި ކޮންމެ މަހަކު 6،000 ރުފިޔާގެ އެލެވެންސެއް ދޭނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަކީ އޯލެވެލް ނިންމައި ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. މީގެ އިތުރުން 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެއްސަކަށް ވެސް ވާންޖެހެ އެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދޭނެ ކަމަށެވެ.