ހަބަރު

މި އަހަރު މައްސަލަ މަދު، އަތުލި މަސްތުވާތަކެތި ގިނަ: ޕޮލިސް

މިދިޔަ އަހަރާއި އަޅައިބަލާއިރުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި ނަމަވެސް ހޯދައިފައިހުރި މަސްތުވާތަކެތީގެ އަދަދު ގިނަވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ، ސޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަހާއި މިއަހަރުގެ މިހިނގައިދިޔަ ނުވަމަހުގައި ހިނގާފައި ހުރި މަސްތުވާތަކެތި މައްސަލައިގެ ރިކޯޑު އަޅައިބަލާއިރު، މިއަހަރު މަސްތުވާތަކެތި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 40 ޕަސަންޓު ދަށްވެފައިވާ ކަމަށެވެ. ނަމަވެސް އެކި އޮޕަރޭޝަން ތަކުގައި ފުލުހުން ހޯދައިފާވާ މަސްތުވާތަކެތީގެ އަދަދު މިދިޔަ އަހަރަށްވުރެ ގިނަ ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާއިން ދުރު ސުލްހަވެރި މާހައުލެއް ގާއިމްކުރުމަށް ފުލުހުން މިއަހަރު ތެރޭގައި ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގާފައިވާނެ. އޭގެ ނަތީޖާއަކަށް މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަހައި މިއަހަރުގެ ހިނގައިދިޔަ ނުވަމަސް އަޅައިބަލާއިރު މަސްތުވާރަކެތީގެ ކްރައިމް ރިކޯޑްސް ވަނީ 40 ޕަސައްންޓަށް ދަށްވެފައު ނަމަވެސް ފާހަގަ ކޮށްލަން ޖެހޭނީ މަސްތުވާތަކެތީގައި ހައްޔަރުކުރާ މީހުންގެ އަދަދު މަދުވިޔަސް މިދިޔަ އަހަރާއި އަޅައިބަލާއިރު މިއަހަރު ފިލުހުން ހޯދި މަސްތުވާތަކެތީގެ އަދަދު އިތުރުވެއްޖެ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަކަމުން ދޭހަވަނީ 2014 ވަނަ އަހަރާ ބަލާފަ މިއަހަރު މަސްތުވާތަކެތިގެ މާހައުލަށް އަލަށް ވަންނަ މީހުންގެ އަދަދު މަދުކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ގިނައިން މިއުޅެނީ ތަކުރާރުކޮށް އެފަދަ އަމަލުތަކުގައި އުޅޭމީހުން ކަމަށެވެ.