ހުޅުމާލެ

ހުޅުމާލޭ ނައިޓް މާކެޓް ތާރީހެއް ނެތްގޮތަށް ފަސްކޮށްފި

ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އިން ގުޅިގެން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އެޗްޑީސީ އިން މީގެ ކުރިން ރާވައިފާވާ ގޮތުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ސެންޓަރަލް ޕާކުގައި ބާއްވާގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި މިބުރާސްފަތި ދުވަހު ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓް ފަސްކުރީ އާންމުންގެ ގިނަ ބަޔަކު އެކަމަށް އެދޭތީ ކަމަށެވެ. އެހެން ނަމަވެސް އަލުން ބާއްވާނެ ވަކި ތާރީހެއް އެ ކޯޕަރޭޝަން އިން އަންގާފައި ނުވެ އެވެ.

އެޗްޑީސީ އިން ހުޅުމާލޭގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ހަތަރު ސައިޒެއްގެ ޖާގަ ވިއްކާނެ ކަމަށް ބުނެ އެވެ. އެގޮތުން 10 ފޫޓުގެ ސްޓޯލެއް ވިއްކަނީ 1،500ރ އަދި 20-15 ފޫޓުގެ ޖާގައެއް ވިއްކަނީ 6،000ރ. އަށެވެ.