ހަބަރު

ރާއްޖެއިން ނުފެންނަ ނުރައްކާތެރި އާ ޑްރަގެއް އަތުލައިގެންފި

Oct 19, 2015
2

ރާއްޖެއިން މިހާތަނަށް ފެނިފައި ނުވާ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް އަތުލައިގެންފި އެވެ.

ފުލުހާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނަކަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރާއްޖެއިން ފެނިފައި ވަނީ "ފްލައްކާ" ކަމަށާއި ނުރައްކާތެރިކަން ބޮޑު އެ ބާވަތް އަތުލައިގަނެވުނީ ރާއްޖެގެނެސްފައި ވަނިކޮށް ކުއްތާގެ އެހީގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ކަމަށެވެ. ފްލައްކާ ޑްރަގްސް"ގެ 200 ގްރާމް ފެނުނެވެ.

ފްލައްކާ ޑްރްގު ރާއްޖެ ގެނައީ ބަންގްލަދޭޝްގެމީހެކެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ބަންގްލަދޭޝް އާއި ސްރީލަންކާ މަގުން ކަމުންނެވެ.

"ޒޮމްބީ" ގެ ނަމުން މަޝްހޫރުވެފައިވާ ނުރައްކާތެރި މި ޑްރަގު ބޭނުން ކުރުމުން މީހާގެ ކަށި ފީވެ އެވެ. އަދި މި ޑްރްގ ބޭނުން ކުރާ މީޙުން މަސްތުވާތަކެތީގެ އެހެން ބާވަތަކަށް އޯވަޑޯޒް ވެއްޖެ ނަމަ ފުރާނައަށް ނުރައްކާވެ އެވެ. މިއީ ކްރިސްޓަލް މެތްސް ބޭނުންކޮށްގެން އުފައްދާ މަސްތުވާއެއްޗެކެވެ.