ހަބަރު

ދެ ސްކޫލެއްގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ނާވާއިދޫ ސްކޫލާއި ނޭކުރެންދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި މަސައްކަތް ހަވާލު ކުރި ޓްރައިކޯ އިންވެސްޓްމަންޓުން ޑިރެކްޓަރު އަލީ ނިޒާމް ސޮއި ކުރެއްވި އެވެ.

ނާވައިދޫ ސްކޫލް ފާރު ރޭނުމަށް ހަވާލު ކުރީ އެއް މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން، ނޭކުރެންދޫ ސްކޫލުގެ ވަށާފާރު ރޭނުމަށްވެސް އެއް މިލިއަން ހަރަދު ކުރާ ގޮތަށް އެއްބަސްވެ ސޮއި ކޮށްފައިވެ އެވެ.

މި ދެ ސްކޫލުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވަނީ 68 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫތަކެކެވެ.