ޖޭއެސްސީ

ގާޒީ އާރިފްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުކޫލީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިިފި އެވެ.

ރައީސް ޔާމީންގެ ދުވަސްވަރު ކްރިމިނަލް ކޯޓްގައި ސިޔާސީ ބައެއް ބޭފުޅުންގެ ޝަރީއަތްތައް ހިންގެވި ގާޒީ އާރިފްއާ ގުޅޭގޮތުން ޖޭއެސްސީން އިސްނަގައިގެން ސުލޫކީ މައްސަަލައެއް ބަލަން ފެށީ އޭޕްރީލް 24، 2019 ގައެވެ. އެ މައްސަލަ ބަލަމުންދާތާ އަހަރަކާއި ހަތް މަސް ދުވަސް ފަހުން މިއަދު ޖޭއެސްސީން ބުނީ ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްއާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ޖޭއެސްސީގެ 87 ވަނަ ބައްދަލްވުމުގައެވެ.

އައު ސަރުކާރާއެކު ޖޭއެސްސީއަށް އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށިއެވެ. މިއީ ރައީސް ޔާމީންގެ ދުވަސްވަރު ސިޔާސީ ބައެއް ބޭފުޅުންގެ ޝަރީއަތްތައް ހިންގެވި ގާޒީއަކާއި ގުޅޭގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމި ފުރަތަމަ ފަހަރެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ފަނޑިޔާރުންނާއި ބެހޭ ގޮތުން ބެލި ބައެއް މައްސަލަތަކުގައި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަމާމެދު ގޮތް ނިންމަން މަޖިލީހަށް ހުށައަަޅާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓާއި ހަައިކޯޓް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހިމެނެއެވެ.