ކުޅިވަރު

މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާލޭންޑަށް

ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯއީ އެވޯޑް މި އަހަރު ބުރޫޝިއާ ޑޯޓްމުންޑްގެ ނޯވޭގެ ފޯވަޑް އާލިންގް ބަރައުޓް ހާލޭންޑް ހޯދައިފި އެވެ.

އިޓަލީގެ ކުޅިވަރު ނޫސް "ޓުޓޫ ސްޕޯޓްސް" އިން ދޭ އެވޯޑް، މި އަހަރު ހާލޭންޑަށް ދޭން ނިންމީ ވަރުގަދަ ވޯޓިން ސިސްޓަމްގެ ތެރެއިން އެންމެ ކުރި އޭނާއަށް ލިބުމުންނެވެ. އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ނޮމިނޭޓް ކުރާ ކުޅުންތެރިންނަށް ދޭ އެވޯޑް ހާލޭންޑް ހޯދިއިރު މިދިޔަ ސީޒަންގައި އެންމެ ފާހަގަ ކުރެވޭ ކުރިއެރުންތަކެއް ހޯދީ އޭނާ އެވެ.

އޭނާގެ ލަނޑު ޖެހުމުގެ ރޭޓް އުޅެނީ ކުރީގަ އެވެ. ނޯވޭގެ ގައުމީ ޓީމަށް ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ލީޑްސް ޔުނައިޓެޑްގެ ކުރީގެ ފޯވަޑް އަލްފް އިންގާ ހާލޭންޑްގެ ދަރިފުޅު އާލީންގް ހާލޭންޑް ވަނީ މި ސީޒަންގައި ޑޯޓަމުންޑަށް 11 މެޗު ކުޅެ 11 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގެ ތިން މެޗުގައި ޖެހި ހަތަރު ލަނޑު ވެސް ހިމެނެ އެވެ.

ބުންޑެސް ލީގާގެ ރެޑްބުލް ސަލްޒްބާގުން، ޑޯޓަމުންޑަށް މިދިޔަ ޖަނަވަރީގައި ބަދަލުވި ނަމަވެސް، ޑޯޓަމުންޑްގެ ޓީމަށް ހޭނެން އޭނާއަށް މާ އުނދަގޫތަކެއް ނުވި އެވެ. މިދިޔަ ސީޒަންގައި ދެ ކުލަބުގައި ކުޅެ އޭނާ ވަނީ 41 ލަނޑު ޖާހަފަ އެވެ.

ގޯލްޑަން ބޯއީ އެވޯޑް މީގެ ކުރިން ހޯދި ކުޅުންތެރިންނަކީ 2017 ގައި ހޯދި ކިލިޔަން އެމްބާޕޭ، 2018 ގައި އެވޯޑް ހޯދި ޑިލިޓް އަދި 2019 ގައި ހޯދި ޔޯއާ ފެލިކްސް އެވެ.