ހަބަރު

ސްޕޭސް ޕްރޮގްރާމުން ކުޑަކުދިން ތަމްރީނު ކުރަނީ

ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިި އައިޖީއެސްގެ ސީއީއޯ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

ރާއްޖޭގައި ފަށާ ސްޕޭސް ޕްރޮގްރާމުގެ ޖޫނިއާ ބެޗެއް ކުރިއަށްގެންދަން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ނިންމައިފި އެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމް ލޯންޗު ކުރުމަށް އަދު ބޭއްވި ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މި ޕްރޮގްރާމަކީ، ކެނޭޑިއަން ސްޕޭސް އޭޖެންސީ އާ ގުޅިގެން ކަމަށެވެ. މިއީ އެސްޓްރޮނޯޓުންނަށް ވުމަށް ބޭނުންވާ ގްރޭޑް 7،8،9 ގެ ދަރިވަރުންނަށް އަމާޒުކޮށް ހުޅުވާލި ފުރުސަތެކެވެ.

ޕްރޮގްރާމުގައި ބައިވެރިވެވޭނީ އައިޖީއެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

ރިއްފަތު ވިދާޅުވީ، ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަށް ގެންދާނެ ކަމަށާއި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓެއް ދޭނެ ކަމަށެވެ.

"އުއްމީދަކީ މި ޕްރޮގްރާމުގެ ތެރެއިން ގިނަ ކުދިން އިންސްޕަޔާ ވެގެން އެސްޓްރޮނޯޓަކަށް ވުމަށް އަދި ސްޕޭސް އާއި ސައިންސްގެ ދާއިރާ އިން ކުރިއަށްދިއުމަށް އަޒުމު ކަނޑައެޅުން"

އަދި ވިދާޅުވީ، މި ޕްރޮގްރާމްގެ އެހީގައި ކުދިންނަށް މައުލުމާތު ދިނުމާއި އަމަލީ ގޮތުން މިކަން ހިނގާ ގޮތް އެނގި ރާއްޖޭގައި އެސްޓްރޮނޯޓުން އުފެއްދުމަށް އެޅޭ ބިންގަލަކަށް ވާނެ ކަމަށެވެ.

އައިޖީއެސް އިން ވަނީ ސްޕޭސް ޕްރޮގްރާމުގެ ރިސާޗް ޕްރޮޖެކްޓެއްވެސް ޔުނިވާސިޓީ ދަރިވަރުންނަށް ހާއްސަކޮށް މި މަހު ލޯންޗުކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު އަލީމް

ވަރަށް ރަނގަޅު އިނީޝިއޭޓިވްއެއް. ދިވެހި ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ އެއްވެސް ކަމަށް ދިވެހި ކުދިން އިންސްޕަޔަ ވާނެ ސިފައެއް ފެންނަން ނެތުމަކީ ހިތާމައެއް. ސިޔާސަތު މި އޮތީ ހިތުން ދަސް ކުރުމަށް. ފިލާވަޅު ބައި ހާޓް ކޮށްގެން ގޮސް "އޭ" މައްޗަށް "އޭ" ހޯދައިގެން ނުކުންނާނީ. ނުކުމެ އަތުން ފައިން ކުރާނެ ކަމެއް ނޯވެ. ކަމެއް ކުރާކަށް ނޭނގެ. މިއީ ދެރަ ކަމެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910