ކޮވިޑްގެ ބަލާއާފާތް ދުނިޔެއާ ލައްވާލައި ބަލި ރާއްޖެއާ ހަމައަށް ފޯރުމުން ރާއްޖޭގެ ހުރިހާ ކަމެއް ހުއްޓުނު އިރު ހުޅުމާލޭގައި މައްޗަށް އަރައި ބާރަށް "ހެދެމުން" ދިޔަ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންތަކުގެ މަސައްކަތް ވެސް އެކަށް ހުއްޓިގެން ދިޔަ އެވެ. އަލުން ރާއްޖެ އާންމު ހާލަތަށް ބަދަލުވާން ދާއިފރު އެފަދަ ގާތްގަނޑަކަށް ހުރިހާ ބިލްޑިންގެއްގައި ވެސް މަސައްކަތް އަލުން ވަނީ ފަށައި ރީ ޝެޑިއުލް ކޮށްފައެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބައެއް ސަމާލުކަން ހުއްޓިފައިވާ ކޭޕާކް ރެސިޑެންސްގެ މަސައްކަތް ވެސް މި މަހުގެ 18 ވަނަ ދުވަހު ފަށައި އެތާނގެ މަސައްކަތްތައް ވަނީ ހަލުއި ކޮށްފަ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން 14 ބުރިއަށް ހަދާ ފައިވާ ކޭޕާކް ބިލްޑިންގުގެ މަސައްކަތް ކޮވިޑާއެކު ހުއްޓުނު އިރު ކޮންޓްރެކްޓަރު، ޗައިނާގެ ޝިޖިއާގެ މަސައްކަތްތެރީން ތިބީ ޗައިނީޒް ނިއުއިޔާއަށް ގައުމަށް ގޮހެވެ. އެހެންވެ އާދެވޭ ގޮތެއް ނުވި އެވެ.
ކޮވިޑްގެ ވަކި ހިސާބަކުން ބައެއް ފަރާތްތައް މަގުމަތީން "ލޭބަރު ހޮވައިގެން" މަސައްކަތް ފެށި އެވެ. ނަމަވެސް ކޭ ޕާކް ރެސިޑެންސްގެ ބިނާ ކުރާ ރާއްޖޭގެ ހަންބޯއިން މަސައްކަތް ކުރީ ޗައިނާގެ މަސައްކަތްތެރިން ރާއްޖޭގެ ގެނެވޭނެ މަގެއް ފެނޭތޯ އެވެ.
ހަންބޯގެ ޕްރޮޖެކްޓް ކޮންސަލްޓަންޓް އިބްރާހިމް ނަޝީދު ވިދާޅުވި ގޮތުގައި ލަސް ވުމާކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޗައިނާގެ މަސައްކަތްތެރިންނާއެކުގައި ނޫނީ މަސައްކަތް އަލުން ނުފަށަން ނިންމުނީ ކުރީން ވެސް ބޭނުންވި ގޮތަށް މަސައްކަތުގެ ފެންވަރު ހިފަހައްޓައިގެން ކުރިޔަށް ދާން ބޭނުންވާތީ އެވެ.
"މިހާރުގެ އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ދެ ގްރޫޕެއް ގެނެވި ފަހުން އަޅުގަނޑުމެން ރޭވި ޝެޑިއުލާ އެއް ގޮތަށް މަސައްކަތް މި ވަނީ ހިނގައިގެންފައި. އަދި އިތުރަށް ސްޕީޑް ހަލުއި ކުރުމުގެ ގޮތުން މަސައްކަތްތެރިންގެ އިތުރު ގްރޫޕެއް ވެސް ތިބީ ރާއްޖެ އައުމުގެ މަގުމަތީގައި، އަޅުގަނޑުމެން މިދަނީ އެކަން ކަން ހިނގާގޮތް ބްރީފްކޮށް ދެމުން، ހިއްސާ ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.
ކޮވިޑާއެކު ކޭޕާކްގެ މަސައަތް ހުއްޓުނީ މަސައްކަތުގެ 75 ޕަސެންޓް ވަނީ ނިންމައި ކަސްޓަމަރުން ދައްކާލުމަށް ތައްޔާރު ކުރި މޮކަޕް ދެ އެޕާޓްމަންޓެއްގެ މަސައްކަތް ހިނގަމުން ދަނިކޮށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އަލުން މަސައްކަތް ފަށައި ގަނެވުމާއެކު މޮކޮޕް އެޕާޓްމެންޓް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް އެބަ ދެއެވެ.
"ލަހެއް ނުވެ އެތަންތަން ކަސްޓަމަރުން ބަލައިލަން ޒިޔާރަތް ކުރުމުގެ ފުރުސަތު ދެވޭތޯ އެބަލަ ބަލަން،" އޭނާ ވިދާޅުވި އެވެ. "މިހާރުވެސް މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެކަމަށް އެދޭ ފަރާތްތަކަށް ވެސް އަދި ވަކި ވަކި ނޫސްވެރިންނަށް ވެސް،"
މިހާރުގެ އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ދެ ގްރޫޕެއް ގެނެވި ފަހުން އަޅުގަނޑުމެން ރޭވި ޝެޑިއުލާ އެއް ގޮތަށް މަސައްކަތް މި ވަނީ ހިނގައިގެންފައި. އިތުރަށް ސްޕީޑް ހަލުއި ކުރުމުގެ ގޮތުން އިތުރު ގްރޫޕެއް ވެސް ތިބީ ރާއްޖެ އައުމުގެ މަގުމަތީގައި، އަޅުގަނޑުމެން މިދަނީ އެކަން ކަން ހިނގާގޮތް ބްރީފްކޮށް ދެމުން، ހިއްސާ ކުރަމުން،އިބްރާހިމް ނަޝީދު | ޕްރޮޖެކްޓް ކޮންސަލްޓަންޓް، ހަންބޯ
ކޭޕާގް މަސައްކަތް ކުރާ ޗައިނާގެ ޝީޖިއާ ކުންފުނީގެ އިސް އިންޖިނޭރަކު އިއްޔެ ވިދާޅުވި ގޮތުގައި އަލުން ހަންބޯއިން ޝެޑިއުލްކޮށްފައިވާ ގޮތަށް އަންނަ މާޗް މަހުގެ ނިޔަލަށް ކޭޕާކްގެ މަސައްކަތް ނިންމާލަން ވަނީ އަމާޒު ހިފާފަ އެވެ. އަދި މުޅި ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާ މެޓީރިއަލްގެ ތެރެއިން 80 ޕަސެންޓް ތަކެތި ވެސް ރާއްޖެ ގެނެސް ކޭޕާކްގެ ސަައިޓަށް ވަނީ ޖަމާކޮށްފަ އެވެ.
ހަންބޯއިން އިއްޔެ ވަނީ ކޭޕާކް ސައިޓްގައި މަސައްކަތް ކުރާ ގޮތާއި މޮކަޕް އެޕާޓްމަންޓްގައި މިހާރު ހިންގަމުންދާ މަސައްކްތަައްވެސް ބައެއް ނޫސްވެރިންނަށް ދައްކާލާފަ އެވެ.
"އަޅުގަނޑުމެން މިހާރު މަސައަކަތް މި މަސައްކަތް ކުރާނީ ކޮމާޝަލް ދެ ފްލޯއިން މަތީގައި. އެ ގޮތުން ފުރަތަމް ތިން ފްލޯގެ ފިނިޝިން މަސައްކަތް މިދިއަ ދެތިން ދުވަހުގެ ތެރޭގައި ވެސް ވަރަށް ހަލުއިކޮށް ކޮށް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގެންދެވިފައި. އެހެންވީމާ އާ ޝެޑިއުލާއެއް ގޮތަށް މުޅި ޕްރޮޖެކްޓް ނިންމޭނެ،" އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހަންބޯއިން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކޭޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމައި ކަސްޓަމަރުންނާއި ހަވާލު ކުރުމުގެ އުފާ ހޯދާށެވެ.
ކޭޕާކްގެ ހާއްސަ ބައެއް ސިފަ
- ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް
- ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ
- ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް
- އެޕާޓްމަންޓެއްގެ އަގު ތިން މިލިއަނާއި ހަ މިލިއަނާ ދެމެދު
- ބީއެމްއެލް މެދުވެރިކޮށް ފައިސާ ދެއްކޭނެ
- އެޕާޓްމެންޓްތައް ހުންނާނީ އިންޝުއަރެންސް ކޮށްފައި
- އެޕާޓްމަންޓްތައް ސެމީ ފާނިޝްކޮށްފައި
- އެޕާޓްމަންޓްގައި ކޮރެއާގެ ބްރޭންޑްތައް
- އިމާރާތް ދިއްލުމަށާއި ލިފްޓް ބޭނުން ކުރަން ސޯލާ ހަކަތަ
- ފަސް ލިފްޓް ހުންނައިރު ސްޓްރެޗާ ލިފްޓެއް ހިމެނޭ
- ޓައިލްސް އާއި ބިއްލޫރި މޫސުމާ އެއްގޮތަށް ފިނިހޫނު މިން ހިފަހައްޓާނެ
ކޭޕާކް ނިންމަން ހިފާފައިވާއިރު ހުރިހާ އެޕާޓްމަންޓްތަކެއްވެ ސް ހުރީ ރިޒާވްގަ އެވެ. ލަގްޒަރީ އެޕާޓްމެންޓް ވިއްކަން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލި ކޭޕާކަކީ ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ބިލްޑިންގަކަށްވެފައި ވަނީ ރާއްޖެ އަންނަ ކޮރެއަން ލަގްޒަރީގެ އެފަދަ ފުރަތަމަ ބިލްޑިންގަށް ވާތީ އެވެ.
ކޭޕާކުން އެ ޕާޓްމަންޓަ ގެނެފައިވާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކޮވިޑާއެކު މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ގޮސްފައިވާ ގޮތާމެދު އެ ފަރާތްތަކުން ހިތްހަމަ ޖެހެ އެވެ.
"އަދި އަލުން އެކުލަވައިލާ ހިއްސާކުރި ޝެޑިއުލާއެއް ގޮތަށް މަސައްކަތް ހިނގައިގަތުމުން މިހާރު ވަނީ ޔަގީންކަން ލި ބިފައި. މިއ ވަރަށް ބޮޑު އުފަލެއް، ހިތްހަމަ ޖެހުމެއް،" އެޕާޓްމަންޓް ބައްލަވައިގެން ބޮޑު ވިޔަފާރިވެރިއަކު އިއްޔެ ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތްތައް ބަލައިވެސް ލައިފިން. ވަރަށް ސްޕީޑްގައި ކުރިޔަށްދޭ އެބަދޭ،"