ހަބަރު

ރައީސްގެ އިތުބާރުގެ މައްސަލަ ނުވެސް ވެެއްދޭނެ: ގާސިމް

Oct 19, 2015
ރައީސް އަބްދުﷲ ޔާމީން: ގާސިމް ރައީސްގެ ދިފާއުގައި ވާހަކަފުޅު ދެއްކެވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަަގައި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ނިކަމަތިކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު މިރޭ ވިދާޅުވީ މީހުން ތަފާތު ވާހަކަތައް ފަތުރައި ދައްކަމުންދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ހަމަލާ ދިނުން އެއީ ވެސް ތަފާތު ވިސްނުމާއި ފިކުރުގެ މީހުން އުޅޭތީ ހިނގާ ކަންކަން ކަމަށެވެ.

"އެހެން އެފަދަ ވިސްނުންތައް ހުރެގެންތާ މި ހަޑި މުޑުދާރު އަމަލުވެސް [ރައީސަށް ހަމަލާ ދިނުން] މިހިންގީ ވެސް. އަޅުގަނޑޫ ދަންނަވާނީ އެއީ [އިތުބާރު ނެތް ކަމަށް ވޯޓް ނެގުމަކީ] ޕޮސިބަލް ކަމެއް ނޫނޭ، ޕާލަމެންޓްގެ ތެރެއިން ރައީސް ޔާމީން އިތުރަށް ނިކަމެތިކޮށްލައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން އެ ހަޑިމުޑުދާރު އަމަލެއް ނުހިންގޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިރޭ ވިދާޅުވީ ސަރުކާރާއި ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީ އޮތީ އެއަށްވުރެ ސާބިތުކަމާއެކުގައި ކަމަށާއި ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނެގޭނެ ކަމަށެވެ.

"އެކަމެއް ނުކުރެވޭނެ އެ ޔަގީންކަން އެބައޮތް. ނުވެސް ކެރޭނެ ވައްދަންވެސް! އެކަހަލަ ހަޑިމުޑުދާރު ކަމެއް ކުރަން ވައްދަން ވޯޓްވެސް ހަމަ ނުވާނެ. މިގައުމުގެ މިއޮތް ހިސާބުން ފަހަތައް ޖައްސާކަށް ފުރުސަތެއް ނުދެވޭނެ އެކަން ކުރިޔަކަ ނުދޭނަން. މީހުން އެދައްކަނީ ހުސް ވާހަކަ،"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910