ކުޅިވަރު

ސޮސިއެޑާޑުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ކަޑީޒްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލަލީގާގެ އެއްވަނަ މަގާމު ރެއާލް ސޮސިއެޑާޑުން ދަމަހައްޓައިފި އެވެ.

ސޮސިއެޑާޑްގެ ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި އަދުނާން ޔަނޫޒާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ އެލެގްޒެންޑާ އައިސަކް އެވެ. ސޮސިއެޑާޑް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. ސޮސިއެޑާޑް ވަނީ 23 ޕޮއިންޓް ހޯދާފަ އެވެ. އެތުލެޓިކޯ އަށް 20 ޕޮއިންޓެވެ.

ރެއާލް ސޮސިއެޑާޑުން ވަނީ 1981 އަދި 1982 ގައި ލަލީގާގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިދިޔަ ދެ އަހަރު ކުރި މަސައްކަތުން އިމަނޯލް އަލްގުސީލް ވަނީ ސޮސިއެޑާޑް ރަނގަޅު ސިސްޓަމެއް ބިނާ ކޮށްފަ އެވެ. މި ސީޒަންގައި ސޮސިއެޑާޑް ވަނީ ބަލި ކުރަން އުނދަގޫ ޓީމަކަށެވެ.