ހަބަރު

އަންނަ އަހަރު މާލޭ ސްކޫލުތަކަށް ވަނުމަށް 2230 ކުދިން

އަންނަ އަހަރު މާލޭ ސްކޫލުތަކަށް ވަނުމަށް 2230 ދަރިވަރުން އެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ 2016 ވަނަ އަހަރަށް މާލޭ ސްކޫލުތަކަށް ވަނުމަށް އެދޭކުދިން ވެއްދުމަށް ޖާގަހުރިތޯ ބަލައި އެމަސައްކަތް މިއަހަރު ޖުލައި މަހުން ފެށިގެން ކުރާ ކަމަށާއި އެމަސައްކަތް މިދިޔަމަހު ފަހުކޮޅު ނިމްމާފައި ވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް މާލޭ ސްކޫލުތަކަށް ވަނުމަށް 2230 ކުދިން އެދިފައިވާ ކަމަށާއި އަދި އެކުދިންނަށް އެސްކޫލުތަކަށް ވަނުމަށް ޖާގަ ހަމަޖެހިފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން މާލޭ ސަރުކާރު ސްކޫލު ތަކުތެރެއިން ގްރޭޑް އަށަކަށް ކުދިން ބަލު ކުރުމުގެ މަސައްކަތް އެހެން އަހަރުތަކު ސްކޫލު ނިމޭ ދުވަސްކޮޅު ކުރާނަމަވެސް މިއަހަރު މެދުތެރޭ އެމަސައްކަތް ފަށަފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން ގްރޭޑު ސަރުކާރު ސްކޫލު ތަކުތެރެއިން ގްރޭޑު އަށަކަށް ބަދަލުވާ 1855 ދަރުވަރުން ހިމެނޭ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކުދިން ބަދަލުވާ ސްކޫލު އިއުލާން ކުރާނެ ކަމަށް އެމިނިސްޓްރީ އިން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނި ގޮތުގައި މާލޭގެ ސްކޫލުތަކުގެ ޖާގަ ދިނުމުގައި ބަލަނީ ދަރިވަރު ދިރިއުޅޭ ގެއަކާ އެންމެ ކައިރި ސްކޫލަކުން ދެވޭނެ ގޮތަކަށެވެ. ނަމަވެސް ބައެއް ފަހަރު ޖާގައިގެ ދަތިކަމާ ހުރެ، ދުރު ސްކޫލުތަކުން ވެސް ބައެއް ދަރިވަރުންނަށް ފުރުސަތު ދެން ޖެހޭކަމަށް އެމިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރު ވެސް މާލޭގެ ސްކޫލުތަކުން 2،000 އަށް ވުރެ ގިނަ ދަރިވަރުން ޖާގަދީ ބަދަލުވެފައިވެއެވެ.