ހަބަރު

ޓޫރިސްޓެއްގެ ކެމެރާއާއި ފައިސާތައް ވަގަށް ނެގި މީހަކު ޖަލަށް

Jan 11, 2015

ޓޫރިސްޓެއްގެ ކެމެރާއާއި ފައިސާތަކެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ޙުކުމް ކޮށްފި އެވެ.

މި ހުކުމް އައީ ސ.ހިތަދޫ، ނާއިންފަރުގެ އިބްރާހީމް ފިޔާޒް 32، ގެ މައްޗަށެވެ. އޭނާ ޖަލަށްލާން ހުކުމްކޮށްފައި އެއް އަހަރަށް ޖަލަށްލާށެވެ. 

ދަޢުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކޮށްފައިވާތީ އެވެ. އޭނާގެ މައްޗަށް އައި ހުކުމުގައި ބުނަނީ  އޭޕްރީލް 17، 2013 ޕާމް ވިއު ގެސްޓްހައުސްގައި ޔޫކްރެއިންގެ ހަނާ ލީތްވީނެންކޯ ބާއްވާފައި އޮތް ކެމެރާއަކާއި 363 ޑޮލަރު ވަގަށް އޭނާ ވަގަށް ނެގިކަން ސާބިތުވާ ކަމަށެވެ.