ހަބަރު

ގެ އެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެ އެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުރި ގެ އެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރެއްހާ އިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މޭލެގެ ގެ އެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިންވެސް މަރުވެފައިވާ ބިދޭސީއެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.