ހަބަރު

ޓީޓީއެމް ވާޗުއަލް ފެއާގައި ވިޒިސް މޯލްޑިވްސް އިސްތިހާރުކޮށްފި

ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ބާއްވާ، ވާޗުއަލް ފެއާގައި "ވިޒިޓް މޯލްޑިވްސް" އިސްތިހާރު ކޮށްފި އެވެ.

އެމްއެމްޕީއާރްސީން ބުނީ ޓީޓީއެމް ވާޗުއަލް ފެއާގެ "ކަނެކްޓް އޮންލައިން" ޓްރެވަލް ޓްރޭޑް ޕޯޓަލްގައި އެ ކުންފުނިން ރާއްޖެ އިސްތިހާރު ކުރަމުން ގެންދާ ކަމަށެވެ. މި ޕޯޓަލްއަކީ ވާޗުއަލްކޮށް ފެއާ ބާއްވަން ފަރުމާ ކޮށްފައިވާ ޕްލެޓްފޯމް އެކެވެ.

މުޅި ދުނިޔެ އަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ ޓޫރިޒަމް ވާޗުއަލް ފެއާގައި މި އަހަރު 500 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެ އެވެ. ޓީޓިއެމް ފެއާ ބާއްވަނީ ޓޫރިޒަމް ސިނާއަތުގެ ނެޓްވޯކިން ފުރުސަތުތައް ވަރުގަދަކޮށް، ރާއްޖެ އިސްތިހާރުކޮށް، ޓޫރިޒަމް ސިނާއަތުގެ ގުޅުން ބަދަހި ކުރުމަށެވެ.

ޓީޓީއެމް ފެއާގައި މި އަހަރުގެ 150 ރިސޯޓާއި 30 ގައުމެއްގެ 200 ޓުއާ އޮޕަރޭޓަރުން ބައިވެރިވެފައިވެ އެވެ. މި އަހަރުގެ ފެއާ އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.