އަލީ އަޝްފާގު (ދަގަނޑޭ)

ފައިނަލް ވޯޓްގެ ފަހު ދުވަހަކީ އާދިއްތަ

އޭއެފްސީ ބުރެކެޓް ޗެލެންޖުގެ އެންމެ ފަހު މަރުހަލާއަށް މިއަދު މިވަނީ އައިސްފަ އެވެ. ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ފައިނަލަށް ދަތުރު ކުރީ 135،000 ވުރެ ގިނަ ވޯޓާއެކު އެވެ.

އޭއެފްސީ ކަޕްގެ ސޯލޯ ގޯލް ކެޓަގަރީގެ އެއް ވަނައަށް ދިޔަ އަޝފާގްގެ ލަނޑާ ވާދަ ކުރަނީ ހޮންކޮންގްގެ ސައުތު ޗައިނާ އެޓުލެޓިކް އެސޯސިއޭޝަނަށް ކުޅުނު ޗަން ސިއުކީ އެވެ. އޭއެފްސީން ހިމަނާފައިވާ އޭނާގެ ގޯލަކީ އޭއެފސީ ކަޕް 2015 ވަނަ އަހަރު އެޑިޝަންގައި މެލޭޝިއާގެ ޕަހަންގް އެފްސީ ކޮޅަށް ހިލޭ ޖެހުމުން އޭނާ ޖެހި ލަނޑެވެ.އޭއެފްސީ މިއަދު ހުޅުވާލި ވޯޓްގެ އެންމެ ފަހު ވަގުތަކީ އަންނަ އާދިއްތަ ދުވަހު ރާއްޖޭގަޑިން މެންދުރު ފަހު އެކެއް ޖެހުމުގެ ކުރިންނެވެ.

އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ. މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 އިންނެވެ.

އެ ލަނޑުޖަހަން މުހައްމަދު އުމޭރު، އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބީގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ. އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބީގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.

އޭއެފްސީ ކަޕްގެ ސޯލޯ ގޯލް ކެޓަގަރީން އަޝްފާގްގެ ލަނޑު އެއް ވަނަ ހޯދީ 54 ޕަސަންޓް ވޯޓާއެކު އެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.

ބްރެކްޓް ޗެލެންޖުގެ ފައިނަލު ބުރުގައި ދިވެހިންނަށް އުންމީދެއް އެބައޮތެވެ. ބޮޑު ތަފާތަކުން އަޝްފާގް އެ ޗެލެންޖު ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ. މިވަގުތުވެސް އޭނާ އަށް 91 ޕަސަންޓަށް ވުރެ ގިނަ ވޯޓް ވަނީ ލިބިފަ އެވެ.

އަޝްފާގްއަށް ވޯޓް ދިނުމަށް