ހަތެއް

ރައީސް ޅ. އަތޮޅަށް ވަޑައިގެންފި

Nov 26, 2020
2

ރައީސް އިބްރާހީމް މުހްއްމަދު ސޯލިހު ޅ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.


ރައީސް މި ދަތުރުފުޅުގައި މިއަދު ޅ. މާފިލާފުށްޓަށް ވަޑައިގަންނަވާ އެ ރަށުގައި ބާއްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އަދި ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިން ސެންޓަރާއި މާފިލާފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތްކު ރައްވާނެ އެވެ.

އަދި ޅ. ފެލިވަރަށް ޒިޔާރަތް ކުރައްވައި އެ ރަށުގައި މިފްކޯ އިން ހިންގާ މަސް ބަންދުކުރާ ކާރުޚާނާ ބައްލަވައިލެއްވުމާއި، އެ ރަށުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލައްވާނެ ފެލިވަރުގައި ބައެއް މަސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.