ހަބަރު

އެމްޑީޕީން މިއަހަރު ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ

Jan 11, 2015

އެމްޑީޕީގެ ފަރާތުން މިއަހަރު ބާއްވާ ފުރަތަމަ އާންމު ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

"ޑިމޮކްރަސީއަށް އާ އުއްމީދެއް" މި ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޖަލްސާއަކީ ބާއްވަން ހަމަޖައްސާފައިވަނީ އެ ޕާޓީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި އެ ޕާޓީއަށް ނިސްބަތްވާ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެ ޕާޓީން ވަކިކުރަން ނިންމުމުން މޫސަ އާއި އެ ޕާޓީއާ ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.