މަހިބަދޫ ޓީމުގެ ކޯޗުކަމުން ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފް ވަކިކޮށްފި އެވެ.
ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބުނީ ސީޒަނުގެ ބާކީ އޮތް ހަ މެޗުގައި ކޯޗުކޯށްދޭނީ އެސިސްޓެންޓް ކޯޗު ހުސެން އައްބާސް ކަމަށެވެ.
ނިއު ރޭޑިއަންޓާއި ކުރީގެ ގައުމީ ކޯޗު ސްޓޮއިކޯފް މަގާމުން ވަކިކުރި އިރު ޓީމު އޮތީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ. އެންމެފަހުން އެ ޓީމު ކުޅުނު މެޗުގައި ވެލެންސިއާ އަތުން ބަލިވީ ވެސް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި ތިން ލަނޑު ވަދެގެންނެވެ.
ނަމަވެސް ކޯޗު ވަކިކުރި ސަބަބެއް ޓޮމް ނުބުނެ އެވެ. އެކަމަކު މިމަހު ނިމުމު ޕްރެޒިޑެންޓްސް ކަޕު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން މަހިބަދޫ ކެޓިއިރު އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް ކުޅެންވާ ގޮތް ކިޔާދިނުމާއި އެހެން ޓީމުތަކަށް އެހީތެރިވުމުގެ މައްސަލާގައ ސްޓޮއިކޯފާއި މަހިބަދޫ ޓީމުގެ އޮފިޝަލުންނާމެދު އޮތީ ޖެހިފަ އެވެ.
ފަހަކަށް އައިސް ސްޓޮއިކޯފް އަކީ ރާއްޖޭގައި މަގާމުން ވަކިކުރާ ކޯޗަކަށްވަނީ ވެފަ އެވެ. އޭނާ 2010 ވަނަ އަހަރު ނިއު އަށް ގެނައި ނަމަވެސް އެކުލަބުގެ ކޯޗުކަމުން ވަކިކުރީ އެންމެ ދެތިން މެޗަށް ފަހު އެވެ. އެއީ ވެސް ކުޅުންތެރިންނާ މާބޮޑަށް ގުޅުން ބޮޑުވެގެންނެވެ. އޭގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކުރީ ނަތިޖާ ގޯސްވެގެންނެވެ.