ކުޅިވަރު

ކޯޗެއްގެ ގޮތުގައި ރޫނީގެ ފުރަތަމަ މެޗު މިއަދު

މެންޗެސްޓާ ޔުނައިޓެޑް ކުރީގެ ކެޕްޓަން ވޭން ރުނީ، ކޯޗެއްގެ ގޮތުގައި ފުރަތަމަ މެޗަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

ވޭކޮމްބް ވޮންޑާސްއާ ދެކޮޅަށް މިއަދު ޑާބީ ކައުންޓީ ކުޅޭ މެޗުގައި ކޯޗްގެ ޒިންމާތައް ނެގުމަށް ބެންޗުގައި ހުންނާނީ ރޫނީ އެވެ. އެެވެ. ޕްލޭއާ ކޯޗެއްގެ ގޮތުގައި ޑާބީ ކައުންޓީއަށް މިދިޔަ އަހަރު ބަދަލުވި، ރޫނީ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސަން ޑާބީން ނިންމީ ތާވަލުގެ ފުލުގައި އޮތް ޑާބީ މިދިޔަ ބުދަ ދުވަހު މިޑްލްސްބަރާ އަތުން ބަލިވުމުންނެވެ.

ބުދަ ދުވަހު މެޗުން ބަލިވުމުން، ކުލަބުގެ އާ ޓެކްނިކަލް ޑައިރެކްޓަރު، ސްޓީވް މެކްލަރަން ވަނީ ހުރިހާ ކޯޗުން ސްޓާފުންނާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި މެކްލަރަން ނިންމީ ކޯޗެއްގެ ޒިންމާތައް ރޫނީ އާ ހަވާލު ކުރުމަށެވެ.

މި މަހު ކުރީ ކޮޅު ޓީމުގެ ކޯޗްކަން ޕިލިޕް ކޮކޫ ދޫކޮށްލުމުން ޓީމު މެޗަށް ނެގުމުގެ މަސައްކަތް ރޫނީ ކުރަމުން ދިޔައީ ސީނިއާ އެސިސްޓެންޓް ކޯޗް ލިއާން ރޯޒްނިއާ، ގޯލްކީޕިން ކޯޗް ޝޭ ގިވަން އަދި ސީނިއާ ޓީމުގެ ޑިވްލަޕްމެންޓް ކޯޗް ޖަސްޓިން ވޯލްކާގެ އެހީތެރި ކަމާއެކު އެވެ. އެ މެޗުތަކުގައި އޭނާވެސް ދަނޑަށް ނުކުމެ ކުޅުނެވެ.

ހެޑް ކޯޗްހެ ޒިންމާތައް ރޫނިއާ ހަވާލު ކުރުމުން، އޭނާ ކުޅެން ނުނުކުންނާނެ އެވެ. އޭގެ ބަދަލުގައި ޓީމުގެ ޓެކްޓިކަލް މަސައްކަތް އިސްވެ ކުރާނީ އޭނާ އެވެ. އަދި ސްކޮޑާ ގުޅުން ހުރި ފައިނަލް ހުރިހާ ނިންމުމެއް ނިންމާނީ އޭނާ އެވެ. ކޮކޫ ޓީމު ދޫކޮށްލި ހިސާބުން ރޫނީ ކޯޗަކަށް އަންނާނެކަން ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އޭނާވެސް ކުރިން ބުނެފައި ވަނީ ޑާބީގެ ހެޑް ކޯޗްގެ މަގާމަށް ދިއުމަކީ އުންމީދެއް ކަމަށެވެ.