ކަނޑުމަތީގެ ހާދިސާ

މުދާ އުފުލާ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

ގުޅީފަޅު ކައިރީގައި އޮތް މުދާ އުފުލާ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ "ވިކްޓޯރިއާ 301" ގެ އިންޖީން ރޫމަށް ދިޔަވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބުމާ ގުޅިގެން ސިފައިން ގޮސް ހަރަކާތްތެރިވަމުންދާ ކަމަށާއި ސިފައިންގެ ޑައިވަރުންގެ ޓީމެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ބުންޏެވެ.

މި ބޯޓަކީ 1000 ޓަނުގެ މުދާ އުފުލާ ބޯޓެކެވެ. ބޯޓުގައި ދިވެހި އަށް ފަޅުވެރިން ހިމެނެ އެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.